ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލިއްޔާތަށް ބުރަވާނެ ވައުދުތަކެއް ރައީސް ސާލިހަށް މިހާރަކު ނުވެވޭނެ: ޝިޔާމް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިން، މާފުށި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ/ ފޮޓޯ: އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލިއްޔާތަށް ބުރަވާ އެއްވެސް ވައުދެއް މި މުއްދަތުގެ ތެރޭގައި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ގާނޫނީ އިހުތިޔާރެއް ނެތްކަމަށް ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ދުވަސް ގާތްވަމުންދާއިރު، ވާދަވެރި ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުންދަނީ ކެމްޕެއިން ކުރުމުގެ މަސައްކަތްތައް ވަރުގަދަކުރުމުންނެވެ. އަދި ދެ ޕާޓީގެ މެމްބަރުންގެ ދެމެދު ބަހުގެ ހަމަލާތަކާއި ފާޑުކިޔުންތައްވެސް ރައްދުކުރައްމުންދާއިރު، ޝިޔާމް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، ރައީސް ސާލިހުގެ އެންމެ ވަރުގަދަ ވަޒީރަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްކަމަށެވެ.

އޭނާ ވިދާޅުވީ، އެހެންނަމަވެސް ފައްޔާޒް އާއި ގުޅުން އޮތް ލާމު އަތޮޅުގެ ރަށްތަކުން ރައީސް ސާލިހަށް އަގުލަބިއްޔަތު ވޯޓު ނުލިބުނުކަަމަށެވެ. އެހެންކަމުން އެ ކަން މުށުން ދިއުމުން ދެވަނަ ބުރުގައި 38 އިންސައްތަ ވޯޓުވެސް ނުލިބޭނެކަމަށް ފެނިގެންދާކަމަށެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ސާލިހަށްވެސް އެކަން ޔަގީންވެވަޑައިގަންނަވާނެކަމަށާއި، އެހެންކަމުން ފެން ނުހިފޭ ވައުދުތައް ވަމުންދިއުން ހުއްޓާލުމަށް ގޮވާލައްވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު މި ފަސް އަހަރު ފުއްދައިދެއްވަން ވީ ވައުދުތައްވެސް ފުނިޖެހިފައިހުރިކަމަށެވެ. ޝިޔާމް ވިދާޅުވީ، ނޮވެމްބަރު މަހުގެ 17 އާއި މި ދެމެދު އޮތް ދުވަސްތަކުގެ ތެރޭގައި ދައުލަތުގެ މާލިއްޔާތަށް ބުރަވާފަދަ އެއްވެސް ވައުދެއް ވެވަޑައިގަތުމުގެ ގާނޫނީ އިހުތިޔާރު މިހާރު ރައީސް ސާލިހަށް ނެތްކަމަށެވެ.

ޝިޔާމް ވިދާޅުވީ، ގައުމު އަޅުވެތިކޮށްލިކަމަށާއި ދިވެހި މަސްކަނޑުތައްވެސް ވިއްކާލިކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ ގައުމު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލާފައިކަމަށެވެ. ޝިޔާމްވަނީ އާއިލާތައް ނިކަމެތިކޮށް ދަރަނިވެރިކުރުމަށްވުރެ ބޮޑު އަނިޔާއެއް އޮތްތޯ ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: