ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ސަލާމަތީ ބާރުތަކުން ކުރަމުން ގެންދަނީ އެ މީހުން ބޭނުންވާ މަސައްކަތްތަކެއް ނޫން: ޝިޔާމް

ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމް ސަލާމަތީ ބާރުތަކާއި މުހާތަބު ކުރައްވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަލާމާތީ ބާރުތަކުން މިއަދު ކުރަން ޖެހިފައިވާ މަސައްކަތްތަކަކީ އެ މީހުން ބޭނުން ވެގެން ކުރަމުންދާ މަސައްކަތްތަކެއް ނޫން ކަމަށާ އެ މަސައްކަތްތައް ހުއްޓާލުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދިޔަ ހަރަކާތަކަށް ފުލުހުންނާއި ސިފައިން ހުރަސް އެޅުމާއިއެކު ނުރުހުން ފާޅުކުރައްވާ ޝިޔާމް ވަނީ ސަލާމަތީ ބާރުތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެ އިހުތިޖާޖުގެ ބައިވެރިން މަދުނަމަވެސް، ސަލާމަތީ ބާރުތަކާއި ހިސާބަށް ގެނެސްދޭ ވާހަކަތަކަކީ 100،000 ދިވެހި ރައްޔިތުންގެ “އާދޭސް” ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ފުލުހުންނާއި ސިފައިންނާއި ހިސާބަށް ގެނެސްދެމުން ދަނީ އެތައް ދިވެހި ރައްޔިތުންނެއްގެ ކަންބޮޑުވުންތައްކަމަށެވެ. އަދި ވިދާޅުވީ، ސިފައިންގެ ބޭފުޅުންގެ ގައިގައި ހިނގާނީ “ވަތަނީ” ލޭކަން ކަށަވަރުކަމަށެވެ. އަދި މަސައްކަތްކުރައްވަމުންދަނީވެސް ޒަމީރާއި ދެކޮޅަށްކަން އެނގިވަޑައިގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން ބޭނުމެއް ނޫން ތިބޭފުޅުންވެސް ދެވަނަ ދަރަޖައިގެ ދިވެހި ރައްޔިތުންނަށް މިތަނުގައިވާކަށް، މި ފަސްގަނޑުގައި ވާން ނޭދޭތީ އަޅުގަނޑުމެން މީ އަޅުގަނޑުމެންގެ ފުރާނަ އަތްމައްޗަށް ލައިގެންވެސް މިއަދު ނިކުމެގެން މިއުޅެނީ، އެކަމު މީ ތިބޭފުޅުން ކުރައްވަންޖެހޭކަމެއް”  ޕީޕީއެމްގެ ނައިބުރައީސް ޝިޔާމް

ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުމަކަށް އަންނަނީކަމަށެވެ. އަދި ސިފައިންނާއި ފުލުހުންވެސް ބޭނުންވާ ފަދަ ވެރިކަމެއް އިދިކޮޅުން ގާއިމު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ފަސްގަނޑުން އަކަ އިންޗިއެއްވެސް ދުލެއް ނުކުރައްވާނެކަމަށެވެ.

ޝިޔާމް ވިދާޅުވީ، ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްތަކެއް ކުރައްވަމުންދަނީ ، ދިވެހި ސިފައިންނާއި ފުލުހުންނަކީވެސް ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވުމަށް އެދިވަޑައިނުގަންނަވާތިކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅުން ކުރައްވަމުންދާ މަސައްކަތްތައް ހަގީގަތުގައި ކުރައްވަން ޖެހެނީ ސިފައިންކަމަށެވެ. އެހެންކަމުން މިހާރު އަމަލު ކުރައްވަމުންދާ ގޮތަކަށް އަމަލުނުކުރެއްވުމަށާއި ޣައިރު ގާނޫނީ ވެރިކަމެއް ދިފާއު ނުކުރެއްވުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: