ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީއިން ޕީޕީއެމްގެ އުންމީދުތައް ކިޔައިދޭން ހެޔޮނުވާނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއިން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރަންވީ އުންމީދުތައް ކިޔައިދެއްވުމަށް ނުހެއްދެވުމަށް ޕީޕީއެމްގެ ނައިބު ރައީސް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީ، ޖޭޕީ އަދި ޑިމޮކްރެޓްސްއިން ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެވިފައިވާކަަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕީޕީއެމް އާއިއެކުވެސް މަޝްވަރާތައް ކުރެވެންދާނެކަމަށް ރިޕޯޓުކުރެވެމުމްދާއިރު، ޖޭޕީ ލީޑަރުގެ ތަރުޖަމާނު ކުރީގެ މިނިސްޓަރު އަމީންވަނީ އެ ޕާޓީގެ ހަރަކާތެއްގައި ޕީޕީއެމްއިންވެސް ކޯލިޝަން ހެދުމަށް އެއްބަސްވުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، ޕީޕީއެމްއަށްވެސް އޮތް އުންމީދަކީ ގާސިމްކަމަށެވެ.

އަމީންގެ ވާހަކަތަކަށް ރައްދުދެއްވައި ޝިޔާމް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ އުންމީދުތައް އަމީން ވިދާޅުވެދެއްވުމަކީ ކުރައްވަން ހެޔޮ ނުވާނެވަރުގެ ކަމެއްކަމަށެވެ. ޝިޔާމް ވިދާޅުވީ، ޖުމްހޫރީ ޕާޓީ މިއަދުވެސް އޮތީ “ދިވެހިންގެ ކަނޑުވިއްކާލާ” ކޮވިޑުގައި އެތައް ވައްކަމެއް ކޮށް ދިވެހި ދައުލަތް ދަރުވާލި “ޣައްދާރު” ސަރުކާރާއިއެކުކަމަށެވެ. އޭނާ ވިދާޅުވީ، އަމީންގެ ރިމޯޓުވެސް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަތުގައިކަމަށެވެ. އަދި އޭނާއަށް އެ ވިދާޅުވެވެނީ “ވަރަށް ވާހަކަ” ކަމަށްވެސް ވިދާޅުވިއެވެ.

ޖޭޕީއިން ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ހުރިކަން ތަކުރާރުކުރަމުންދާއިރު، އެ ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިވުމާއިއެކުވެސް އިދިކޮޅު ކޯލިޝަނުންވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުވެރިވާކަމަށާއި އެހެންނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް އެ ޕާޓީއިން ބުނެފައިވެއެވެ. އެ ޕާޓީގެ އެކި މެމްބަރުންވަނީ އެހެން ޕާޓީއެއްގެ ފަހަތަށް އެރުމާއި ދެކޮޅަށް ހުރިކަމުގެ ޝުއޫރުތައް ސޯޝަލްމީޑިއާ މެދުވެރިކޮށް ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: