ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވާކުރުމުގެ ކުރިންވެސް މުއިއްޒު ދަނީ ބޮޑެތި މައްސަލަތައް ހައްލު ކުރައްވަމުން: ޝިޔާމް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިން، މާފުށި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ/ ފޮޓޯ: އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވެސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރައްވަމުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް، އިންތިހާބީ ރައީސް އެންމެ ބޮޑަށް ފާހަގަކުރެއްވީ ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ މައްސަލަތަކެވެ. އަދި އެކަންކަން ހައްލު ކުރުމަށް، އެޅޭނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވި އެވެ. އެކަމުގެ އެކި މަޝްވަރާ ބައްދަލުންތައް ވެސް ކުރިޔަށްދާއިރު، އެންމެ ފަހުން މުއިއްޒު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ 1.2 ބިލިއަން ރުފިޔާ ވަނީ ހަމަޖެހިފަ އެވެ.

އެކަން މީޑިއާތަކުން ރިޕޯޓު ކުރުމުން، މުއިއްޒުއަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު އެކި ބައްދަލުވުންތަކުގައި، މުއިއްޒު ވަނީ ވީއައިއޭގެ ޕްރޮޖެކްޓު އަވަސް ސްޕީޑުގައި ނިންމުމުގެ އަމާޒު ގެންގުޅުއްވާކަމަށް ވިދާޅުވެފަ އެވެ. މި ސަރުކާރުން އަންދާޒާ ކުރީ މަސައްކަތް 2025 ނިންމާލުމަށް ނަމަވެސް، އެއީ މާ ލަސް ތާރީހެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ޕީކް ސީޒަން ފެށެންވާއިރަށް އާ ޓާމިނަލް ނިންމުން މުހިންމު ކަމަށެވެ.

މުއިއްޒުގެ މަސައްކަތް ފާހަގަކުރައްވައި، ޝިޔާމް ވިދާޅުވީ، އެމަނިކުފާނު ގެންދަވަނީ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް ރާއްޖޭގެ އިގްތިސާދީ ދުވެލި މަޑުޖެހިފައި އޮތް އޮތުމަށާއި ގައުމުގެ އެހެނިހެން ބޮޑެތި މައްސަލަތަކަށްވެސް ހައްލު ހޯއްދަވައިދެއްވަމުންކަމަށެވެ.

 

ޝިޔާމް ވިދާޅުވީ، އެމަނިކުފާނު މަސައްކަތްކުރައްވަމުންދަނީ މައްސަލަތަކަށް ހައްލު ހޯއްދަވައި ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކުރެއްވުމަށްކަމަށެވެ. އެހެންކަމުން ކުރިއަަށް އޮތީ ދިވެހިންނަށް އުޖާލާ ދުވަސްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: