ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިކް ރިޒާގެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ރައީސް ޞާލިހް ކޯޓުތަކަށް އަތްބާނައިގެން: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުވާ އަނބުރާ ގެނެވޭނީ، މައްސަލަ އިބްތިދާއީ މަރުހަލާގައި އޮއްވާކަމަށާއި، ކުރިކް ރިޒާގެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ރައީސް ޞާލިހްގެ އެންގެވުމުގެ މަތިން ސަރުކާރުން ކޯޓުތަކަށް އަތްބާނައިގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ރިޔާސީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރިޔާސީ ކެމްޕެއިންއަށް މާލޭގައި ހުޅުވާފައިވާ އެ ޕާޓީގެ ޖަގަހައިގައި ރޭ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތައް ސަރުކާރުން އަތްބާނާ، ޝަރީއަތްތައް މަޑު ޖެއްސުމަށް ވަކީލުންނަށް ޗުއްޓީދީފައިވާކަމަށެވެ. ކްރިމިނަލް ކޯޓުގައި އެންމެ ގާޒީއެއް ބައިންދައިގެން ރައީސް ޔާމީންގެ ޝަރީޢަތްތައް މަޑުޖައްސާފައިވަނީ އިންތިޚާބުގައި ރައީސް ޔާމީންއަށް ކުރިމަތިނުލެވޭނެ ގޮތް ހެދުމަށްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކައިގައި ފާހަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ރައީސް ޔަމީންގެ މައްސަލައާއި އެކު ކުރިއަށް ދިޔަ ކުރިކް ރިޒާގެ މައްސަލައިގެ ދައުވާ އަނބުރާ ގެންގޮސްފައިވާކަމަށް  އަލިއަޅުއްވާ އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭސީޕީ ރިޔާޒް ކުރިކް ރިޒާއަށް ރިޝްވަތު ހުށަހަޅައި މައްސަލަ އަނބުރާ ނަގާފައިވާކަމަށް ޝިޔާމް ވަނީ ތުހުމަތުކޮށްފައެވެ. އަދި ރިޔާޒްމެން ބޭނުންފުޅުވާ ގޮތަކަށް ހެކިބަސް ދިނުމަށް ކްރިކް ރިޒާއަށް ރިޝްވަތު ދީފައިވާކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫންތަކަށް ދިވެހި ފަނޑިޔާރުންނާއި ދިވެހި ސިފައިންނާއި ފުލުހުން ތަބާވުމަށް ޝިޔާމްގެ ވާހަކައިގައި ވަނީ ގޮވާލައްވާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސިޔާސީ އެޖެންޑާ ކުރިއަރުވަން ތިބޭ ބަޔަކަށް ނުވުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ޝިޔާމްގެ ވާހަކައިގައި ވަނީ ރައީސް ޞާލިހް ރާއްޖެ އިންޑިއާއަށް ދަރުވާލާފައިވާކަމަށާއި، އިންޑިއާއިން ލޯން ނަގައިގެން ކުރަމުން އަންނަ އެއްވެސް މަސައްކަތެއް ރާއްޖޭގައި ކުރިއަށް ނުދާކަން ފާހަގަކޮށްފައެވެ. ދިވެހި ރައްޔިތުން ދަރުވާލާފަ ރައީސް ޞާލިހްގެ ސަރުކާރުގައި މިހާރު ތިބި އެއްވެސް ފަރާތަކަށް ރިޔާސީ އިންތިޚާބުގެ ފަހުން ރާއްޖޭން ފުރައިގެން ނުދެވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ. މިހާރު ސަރުކާރުގައި ތިބި ބޭފުޅުންގެ މައްސަލަ ބަލާނެކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ނުލިބޭނެކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ޝަރީއަތަށް އަތްބާނާގައި ތިބި ބަޔަކަށް ދެވަނަ ދައުރެއް ނުދޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީޢަތް ލަސްވަމުންދާދިއުމާއި ގުޅިގެން ޕީޕީއެމް އަދި ޕީއެންސީއިން އިއްޔެވެސް ވަނީ މާލޭގައި ސައިކަލެއް ބުރެއް ބާއްވާ މުޒާހަރާކޮށްފައެވެ. އަދި މި މުޒާހިރާގެ ތެރެއިން ޖުމްލަ 14 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި މީގެ ތެރޭގައި 10 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ ކަމަށް ޕީޕީއެމްއިން މަޢުލޫމާތުދީފައިވެއެވެ.

ޕީޕީއެމް/ޕީއެންސީ އިން އަންނަނީ ރައީސް ޔާމީނަށް އިންސާފު ލިބެންދެން މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: