ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އަދި އެމްޑީޕީގެ ކެމްޕެއިން ނިންމުމުގެ ހަރަކާތް ފެށިގެން ކުރިއަށް

ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން އެ ޕާޓީ ތަކުގެ އެއްވުންތަކުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޮޑު ސިޔާސީ ދެ ޕާޓި ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމްއިން ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބު ކެމްޕެއިން ނިންމުމުގެ ހަރަކާތް ފަށައިފިއެވެ.

މިހަރާކާތް ކުރިއަށްދާނީ ހަވީރު ހަތަރަކުން އިރުއޮއްސި ހަޔަކަށެވެ. މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި މި ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުންވެސް ކެމްޕެއިން ނިންމަވާ ޖަލްސާއަށް ދަނީ ތައްޔާރުވަމުންނެވެ.

ޕީޕީއެމް/ޕީއެންސީން ބާއްވާ ހިނގާލުމުގައި، ބައިވެރިވާ ފަރާތްތައް ޕީޕީއެމް އޮފީސް ކައިރިއަށް ހަވީރު 3:45 އެއްގައި ވަޑައިގަތުމަށް ޕީޕީއެމުންވަނީ އެދިލައްވާފައެވެ. އަދި އުފާވެރި އަމާން ރާއްޖެ ހިގާލުން ބޭއްވުމަށް ހަމަޖެހިފައިފަވަނީ ސޯޝަލް ސެންޓަރު ކައިރިން ފެށިގެން އުސްފަސްގަނޑާއި ހަމަޔަށް ކަމަށް އެޕާޓިން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށްފަހު ދެވަނަބުރަށް ވަޑައިގެން ބޮޑު ކެމްޕޭނެއް ދެ ޕާޓީން ދަނީ ކުރެއްވަމުންނެވެ. މިއަދު ހަވީރު ކެމްޕޭން ނިންމާލުން ބޭއްވޭއިރު، ވޯޓް ލުން ކުރިއަށްދާނީ މާދަމާއެވެ. އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބާއި ގުޅިގެން ކުރަންޖެހޭ ހުރިހާކަމެއް މިހާރު ކޮށް ނިންމާފައވާި ކަމަށެވެ.

އެގޮތުން އިސީން ބުނީ ރަށްރަށް ވޯޓް ފޮއްޓާއި، ކަރުދާސް ވަނީ ގެންގޮސްފައެވެ. އަދި އޮފިޝަލުންނަށް ދޭން ޖެހޭ ތަމްރީންތައްވެސް ދީފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ. ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި، މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައްކަށްވެސް ބްރީފިން ސެޝަންތައް ވަނީ އެކޮމިޝަނުން ކުރިއަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: