ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ޝާހް މާހިރު މުއިއްޒު އަށް ތާއިދު ކުރައްވަން ނިންމަވައިފި

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޝާހު އަބްދުﷲ މާހިރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ޑރ. މުއިއްޒު އަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު، ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅުނު ޑރ. ޝާހް މާހިރު އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ގައުމުގެ ސިއްހީ ނިޒާމު ވަނީ ފެއިލްވެފައި ކަމަށާއި، ބޮޑުތަނުން ރަނަގަޅު ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ވަށާޖެހޭ ނިޒާމެއް ގެނެވޭނެ ވެރިޔަކަށް ގައުމު ބޭނުންވާކަމަށްވެސް ވިދާޅުވިއެއެވެ.

އެގޮތުން ޝާހު ފާހަގަ ކުރެއްވީ ނިޒާމު ރަނގަޅުކުރެވޭނެ މެނިފެސްޓޯއެއް ހިފައިގެން ނުކުމެ ހުރިވެރިޔަކީ ހަމައެކަނި ޑރ. މުއިއްޒު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޝާހު މުއިއްޒަށް ތާއިދުކުރައްވަން ނިންމަވާފައިވާއިރު، ވަރަށްގިނަ ބަޔަކުދަނީ މުއިއްޒަށް ތާއިދުކުރަމުންނެވެ. އެގޮތުން ގިނަރަށްރަށުގެ ޑިމޮކްރޭޓުން މުއިއްޒުއަށް ތާއިދު ކޮށް ކެމްޕޭން ހަރަކާތުގައި މަސައްކަތް ކުރައްވާޖަކަން ފާހަގަކުރެވެއެވެ. އަދި ހަމައެކު ރައީސް ސޯލިހަށްވެސް ގިނަބަޔަކު ތާއިދު ކޮށްދަނީ، ކެމްޕޭން ހަރަކާތުގައި ބައިވެރިވަމުންނެވެ.

ވޯޓް ލުން އޮންނާނީ މާދަމާއެވެ. މިއީ ރިޔާސީ އިންތިހާބުގެ ވޯޓްލުމުގެ ފަހުބުރެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: