ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ އިސްކަންދެވޭ އެއްބަޔަކީ ކައުންސިލްތައް ކަމަށް ހަދާނަން: ޑރ. މުއިއްޒު

ކެމްޕެއިންގައި ޑރ މުއިއްޒު ބ ފުޅަދޫއަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަކީ ވެރިކަމެއްގައި އެންމެ އިސްކަންދެވޭނެ ދާއިރާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. ކިހާދޫއަށް ވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ގުޅުވައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ކައުންސިލް ތަކަކީ އެމަނިކުފާނުގެ ވެރިކަމެއްގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަމަށާއި، ރައްތިތުން އިންތިހާބު ކޮށްދެއްވާފައިވާ ކެންޑިޑޓުންނަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

“ތިބޭފުޅުން އެދިވަޑައިގެންފައިވާ ކޮންމެ ކަމަކީ އަޅުގަނޑުމެން ކުރާނެ ކަންތައްތައް. އިރާދަ ކުރެއްވިއްޔާ ކޮށްދީ ނަތީޖާ ނެރެދެއްވާނަން.

މީގެ ކުރިން ވެސް މުއިއްޒު ވަނީ ކައުންސިލްތައް ބާރުވެރި ކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކެމްޕެއިން ދަތުރުގައި އއ އަތޮޅުގެ ފެރިދޫއަށް ވަޑައިގެން ވިދާޅުވީ މިހާރުގެ ސަރުކާރުން ފުލްޓައިމްކޮށް ކައުންސިލްތަކަށް ހިންގުމާއި އަދި ކައުންސިލްތަކަށް އެހީތެރިކަން ދިނުމެއް ނޯންނަ ކަމަށެވެ. ނަމަވެސް ރައްޔިތުން ގާތުން މަސައްކަތްކުރާ ނިޒާމަކީ ވެރިކަން ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެއްބައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރާއި ގުޅިގެން ލާމަރުކަޒީ ނިޒާމު ހިންގުމުން ބަޖެޓުގެ ފަހިކަމާއި އަދި އަދި އިިދާރި ގޮތުން ކުރަންޖެހޭ ކަންކަންވެސް ފަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. މިގެ އިތުރުން ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމުގައިވެސް އެމަނިކުފާނު ވަނި ވިދާޅުވެފައެވެ.

ހދ. ފިނޭގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ގްރާންޓަކީ ކައުންސިލްތަކަށް އެންމެ އެކަށޭނަ ފަންޑެއް ނޫން ކަމަށެވެ. ސަރުކާރުގެ ތެރެއިން ވެސް ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ. އެ ކަންކަން ހަމަޖެއްސުމަށް ޓަކައި، އޭނާގެ ސަރުކާރެއްގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިފަދަ ކަންކަން ވެރިކަމުގެ ތެރެއިން ކުރެވޭނެ ކަމަށާއި، ރައްޔިތުން އެދިވަޑައިގެންފައިވާ ކޮންމެ ކަމަކީ ކޮށްދެވޭނެ ކަންތައްތައް ކަމަށެވެ. އެގޮތުން ގައުމު އޮތް ހާލަތުން ބަދަލު ކުރެވޭނީ ރައްޔިތުންނަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: