ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެންސަރު ބައްޔަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތް ދެވޭ ގައުމަކަށް ރާއްޖެ ހަދާއިދޭނަން:މުއިއްޒު

ސަންގުޓީވީގެ ރައްޔިތުންގެ ގާތަށް ޕްރޮގްރާމުގައި މުއިއްޒު ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކެންސަރު ބައްޔަަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތް ދެވޭ ގައުމަކަށް ރާއްޖޭގެ ހޮސްޕިޓަލްތައް ގާއިމް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “އާސްކު މުއިއްޒު” ޕްރޮގުރާމްގައި އާންމު މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ކެންސަރު ބަލީގެ ފަރުވާ އަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތް ދެވޭ ނިޒާމެއް ރާއްޖޭގައި ގާއިމް ކޮށްދޭނެ ކަމަށާއި، އެގޮތުން އެ ނިޒާމު ބައްޓާންކުރައްވާނީ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ކަމަށެވެ.

“ގިނަ ހިދުމަތްދެވޭ ގޮތަށް އިންޓާނޭޝަނަލް އެންމެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލްތަކުން ކުލިނިކްތައް ގެނެވޭނެ. ” މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ މާލެ ފިޔަވާ ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށީ ހޮސްޕިޓަލަކީ، އުތުރުގެ މައި ހަބު ކަމުގައި ގާއިމް ކޮށްދޭނެ ކަމަށެވެ. އަދި ހިތަދޫ ހޮސްޕިޓަލުގައިވެސް ބޮޑެތިބަލިތަކަށް މުހިންމު ހިދުމަތްދެވޭނެ ގޮތް ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މި ފާހަގަކުރެވުުނު ހޮސްްޕިޓަލް ތަކަކީ އެންމެ މަތީފެންވަރުގައި ހިދުމަތް ގާއިމު ކޮށްދެވޭނެ ހޮސްޕިޓަލްތައް ކަމަށާއި، އެހެން ހޮސްޕިޓަލްތަކުންވެސް ފަރުވާ ލިބޭނެ ފަސޭހަ ގޮތްތައް ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ބަލިތަކުން ދިފާއުވުމަށް ހޮސްޕިޓަލްތަކަށް ގެނެވޭ ބަދަލަކީ، ބަލިތައް ފެތުރުން ހުއްޓުވުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ފާހަގަ ކުރެއްވީ ގެދޮވެރިކަން ނެތުމަކީވެސް ބަލިތަކަށް ހުށައެޅޭ ކަމެއްކަމަށެވެ. އަދި އެފަދަ ފަރާތްތައް އުޅެންޖެހިފައިވާ ގޮތުގެ ސަބަބުންވެސް ބަލިތަކަށް މަގުފަހިވެގެންދާ ކަމަށާއި، އެހެންކަމުން ބަލިތައް ހުއްޓުވުމަށް ވެސް ރައްޔިތުން ގެދޮރުވެރި ކުރުވާ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ބަޔަކަށް ހަދައިދޭނެ ކަމަށެވެ.

މިކަން މިގޮތަށް ކުރެވިއްޖެ ނަމަ ދުޅަހެޔޮ މުޖުތަމައުއެއް ގާއިމް ކުރެވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެ މަނިކުފާނު ފާހަގަ ކުރައްވަނީ ވެރިކަން ލިބިއްޖެ ކަމުގައިވާނަމަ، ކެންސަރާއި އިތުރު ބަލިތައްވެސް ހުއްޓުވުމަށް ގިނަފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށެވެ. އަދި ވަށާ ޖެހޭ ގޮތަކަށް ސިޔާސަތު ބައްޓަން ކުރެވިގެންދާނެ މަގު ހޯދައިދެވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: