ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

42.6 ބިލިއަން ރުފިޔާގެ ބެޖެޓު، ކޮމިޓީއިން އިތުރުކުރި 160 މިލިއަން ރުފިޔާއާއިއެކު ފާސްކޮށްފި

މަޖިލީސް ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓް، ބަޖެޓު ދިރާސާކުރާ ކޮމިޓީއިން އިތުރުކުރި 160 މިލިއަން ރުފިޔާއާއިއެކު މަޖިލީހުން ފާސްކޮށްފިއެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީ އިން ދިރާސާކޮށް ނިންމި ގޮތަށް ފާސްކުރުމަށް ވޯޓުދެއްވީ 61 މެންބަރުންނެވެ. އަދި ފާސްކުރުމަށް ނުފެންނަކަމަށް 8 މެންބަރަކު ވޯޓުދެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޖުމްލަ 42.608 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާ ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީން ގެނައި އިސްލާހުތަކަށްފަހު، ބަޖެޓަށް ވަނީ 160 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރުކޮށްފައެވެ. އެ އިސްލާހް ކޮމެޓީއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމާއިއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 42.8 އަށް އަރާފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް ހޭދަކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށްކަމަށްވާއިރު، އެއީ ގާތްގަނޑަކަށް 29 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

މިއަހަރުގެ ބަޖެޓަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އެންމެ ބޮޑު ބަޖެޓެވެ.

އިގްތިސާދީ ގޮތުން ދުނިޔެ އާއި ދިވެހިރާއްޖެ ހީނަރުކަމެއްގެ ތެރޭގައި އޮތުމަށް ފަހު އިގްތިސާދު ރަނގަޅުވަމުންދާ މި ދަނޑިވަޅުގައި ބޮޑު ބަޖެޓެއް ހުށައެޅުމާއެކު އެކަމަށް އާއްމުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އަންނަ އަހަުރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ކޮވިޑް-19ގެ ވަބާއިން ރާއްޖެ އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓް ކަމަށެވެ. އެގޮތުން މިބަޖެޓާ ހަމައަށް އާދެވުނީ އިޤްތިސާދީ ގަދަކަނޑެއްގައި ދަތުރުކުރުމަށްފަހު ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: