ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ނަމުން ޑިމޮކްރޭޓުކް ކަމުން ހުދުމުހުތާރު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްމަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގުރާމްގައި އިސްމާއިލް ވިދާޅުވީ މީގެ ކުރިންވެސް ރައީސް ނަޝީދު އަމަލުތައް ހުރީ އަމިއްލަފުޅު ބާރާއި ވެރިކަން ކަމަށެވެ.
އެގޮތުން 2013 ގެ އިންތިހާބުގެ ނާކާމިޔާބީން އެކަން ވަރަށް ރަނގަޅަށް އެގިގެން ދިޔަ ކަމަށާއި، އޭގެ ފަހުން ފެންނަމުންދިޔައީ އެމްޑީޕީއަކީވެސް އެމަނިކުފާނުގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރެއްވިތަން ކަމަށެވެ.
ރައީސް ނަޝީދު އަމަލުތައް ހުދުމުހުތާރުކަމަށް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ މަޖުލީޙުގެ ބާރުތައް ދަނީ ނަހަމަގޮތުގައި ނަގަމުންކަމަށާއި، އަމިއްލަފުޅަށް ބޭނުންފުޅުވާކަމެއް ކުުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން އަމިއްލަ އެޖެންޑާއެއް ބޭނުނުން ކުރައްވަމުން ބާރުތައް އެއްކުރައްވާ ރިޔާސަތުގެ ގޮނޑި ނަހަމަގޮތުގައި ނަންގަމުން ގެނަދާވާއިރު ރައްޔިތުންނަށް މުހިންމު ބިލްތައް ހުރެމެ އެބިލް ތައް ފަހަތަށް ޖެއްސުމަށްފަހު ބަރުލަމާނީ ނިޒާމެއް ގާއިމު ކުރުމަށް ފެއްޓެވި މަސައްކަތަކީ ބަލައިގަނެވޭނެ މަސައްކަތެއްނޫން ކަމަށެވެ.
މިހާރުވެސް ކުނިމެނޭޖު ކުރުމުގެ ބިލާއި، ޖުޑީޝެރީ އިސްލާހު ކުރުންފަދަ ބިލްތައްވެސް ފަހަތަށް ޖައްސަވާ ކަންތައްކޮށްފައިވާ ގޮތުން އެކަންވަރަށް ރަނގަޅަށް ސާފްވާ ކަމަށް ވިދާޅުވިއެވެ.
އަބަދުވެސް ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ގައުމު ނުހިނގޭނެ ކަމަށާއި، ގައުމަށް ބޭނުންވަނީ ޒުވާން ލީޑާޝިޕެއް ކަމަށެވެ. ރަށްރަށުގައި ތިއްބަވާ ފަރާތްތަކުންވެސް ބަސްބުނުމުގައި ދެމިތިބޭނެ ކަން ހަދާން ކުރައްވަމުން އިސްމާއިލް ވިދާޅުވީ ބޮޑުވެ ތަސައްރަފް ފުދުމަށްފަހު ގައުމާއި ދޭތެރޭ ވިސްނަވާނެ ބޭފުޅުން ތިއްބަވާނެ ކަމަށެވެ. އެގޮތުން އެކެއްްގެ މުށު ތެރޭ ގައުމު ބާއްވަން އެއްވެސް މީހަކު ބޭނުން ފުޅު ނުވާނެ ކަމަށެވެ. މިހާރު ފެންނަންމުންދަނީ އެމަންޒަރު ކަމަށްވެސް ވިދާޅުވިއެވެ.
”ބުނަންޖެހޭ ބަސް ބުނަންޖެހޭ ތަނުގައި ބުނަންޖެހޭ. ބަސްބުނެވޭ ހާލަތަށް މިހާރު ގައުމު މިއޮތީ ބަދަލުވެފަ. މިހާރު އެކެއްގެ މުށު ތެރެއަަށްލާއިގެން ކަންކަން އޮބަހައްޓާއިގެން ތިބޭކަށްނޫން ރާއްޖެ ބައްޓަންވަމުން މި އަންނަނީ.“ އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ ރައީސް ނަޝީދާއި ދިމާލަށް އެއްޗެއް ބުނެފިނަމަ އެއީ ހަރާން ކަމެއް ނުވަތަ ގޯސް އެއްޗެއްކަމަށްދެކޭމީހުން މިހާރުވެސް މި ގައުމުގައި އެބަތިބި ކަމަށާއި، އެކަންކަމަކީ ދޫކޮށްލަވަން ޖެހޭ ކަމެއް ކަމަށެވެ. ބަލަންވީ ހަމަތަކާއި އުސޫލުތަކާއި، ހެދިފައިހުރި ގާނޫނުތަކަށް ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.
އާދީއްތަދުވަހު ރައިސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި 48 މެންބަރުން ސޮއިކޮށްފައިވެއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްއިން ވެސް ވަނީ ފާހަގަކޮށްފައިވެއެވެ. އަދި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި، ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ރައީސް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.
25 އޮކްޓޯމްބަރުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްމާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓްނަގަން ނިންމާފައިވަނީ ވަކި ބޭފުޅަކަށްވެގެން ނޫން ކަމަށާއި، މަޖިލީހުގެ ހަމަަޔާއި އުސޫލުގެ ބޭރުން ރައީސް ނަޝީދުގެ އަމަަލުތައް ބައްޓަން ކުރައްވަމުން ގެންދަވާތީ ކަމަށެވެ.

