ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތެރޭގެ ޖެއްސުންތަަކާއި ހެދި ސަރުކާރު ހިންގަން ދަތިވި: އިއްސެ

ދުވާފަރު ދާއިރާގެ މްމެމްބަރު އިސްމާއިލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެމްބަރުންގެ ދެމެދު އުފެދުން މައްސަލަތަކާއި ކުރި ޖެއްސުންތަކުގެ ސަބަބުން ވެރިކަން ކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އިސްމާއިލް ވަނީ އެމްޑީޕީގެ ލީޑާރޝިޕުގެ ތެރޭގައި އުފެދިގެންދިޔަ މައްސަލަތަކުގެ ސަބަބުން ދިމާވި އުނދަގޫތައް ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ވެރިކަން ގާއިމުކުރެވުނު ދުވަހުން ފެށިގެންވެސް މަގާމުތަކަށް މީހުން އައްޔަނުކުރުން ފަދަ ކަންކަމާއި ގުޅިގެން އިންތިހާއަށް އެތެރޭގެ ފިއްތުންތައް ހުރިކަމަށެވެ. އޭނާ ވިދާޅުވީ، ޕްރޮޖެކްޓުތައް ހިންގުމާއި ގުޅިގެންވެސް ފިއްތުންތައް ހުރިކަމަށާއި ހިންގާނެ ތަންތަނާއި ހިންގާނެ މީހުންނާއި ގުޅިގެންވެސް ފިއްތުންތައް ކުރިމަތިކުރިކަމަށެވެ.

އިސްމާއިލް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަން ކުރައްވަމުން އައިސްފައިވަނީ އިސްވެ ދެންނެވި ފިއްތުންތަކުގެ ތެރެއިން ކެއްތެރިކަމާއިއެކު ސުލްހަމަސަލަސްކަން އިސްކޮށްގެންކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އެ ވާދަވެރިކަން ނެތި އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވުނު ނަމަ މިހާރަށްވުރެެ ކާމިޔާބު ވެރިކަމެއް ކުރެވުނީސްކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން އެމްޑީޕީއަށް ވެރިކަމާއިއެކު މަޖިލީހުގެ ސުޕާރމެޖޯރިޓީވެސް ދިންކަމަށެވެ. އެހެންނަމަވެސް އެއަށްފަހު ފެނިގެންދިޔައީ ދެން އޮތް ދައުރެއްގައި ވެރިކަން ކުރާނީ ތިމާކަމަށް ބުނެ އެމްޑީޕީގެ ތެރޭގައި އަޑުއުފުލަމުންދިޔަ މަންޒަރުކަަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދެވިފައި އޮތީ އެންމެ ރަނގަޅު ނަތީޖާ ނޫންކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލަތައް ދިމާނުވި ނަމަ އޭ ރިޕޯޓަކާއިއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެމްޑީޕީއަށް ފުރުސަތު ލިބޭނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި އޮތް ތަޅާފޮޅުން ނުވަތަ ދެބަސްވުންތަކާއި ކުރަމުންދިޔަ ޖެއްސުންތަކަކީ އެމްޑީޕީއަށް ވެރިކަން ކުރުމުގެ ތެރެއިން ކުރިމަތިލާންޖެހުން ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީއިން ނެރެން ބޭނުންވި އެންމެ ރަނގަޅު ނަތީޖާ ނުނެރެވުނުކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: