ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ މަކަރާއި ހީލަތްތެރި ޕާޓީއެއް: ހަސަން ލަތީފް

ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަކީ މަކަރާއި ހީލަތްތެރި އަދި ބޭވަފާތެރި ޕާޓީއެއް ކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ތާވަލު ކުރުމަށްވަނީ ނިންމާފައެވެ. ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކު އޮކްޓޯބަރު 8, ގަ އެވެ.

މައްސަލައިގެ ނޯޓިސް ނަޝީދާއި މެމްބަރުންނަށް ފޮނުވާފައިވާއިރު، 14 ދުވަހުގެ އެ ނޯޓިހުގެ މުއްދަތު ހަމަވަނީވެސް އަންނަ އާދިއްތަ ދުވަހަށެވެ.

މި މައްސަލައިގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ އެމްޑީޕީގެ ޕާލިމަންޓު ގުރޫފުން ބުނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަ އިންތިހާބީ ރައީސްގެ ކެބިނެޓަށް ނޯ ޖަހާނެ ކަމަށެވެ. އަދި މަޖިލީހުގެ އެއްވެސް ކަމެއް ކުރުމަށް އެމްޑީޕީގެ އެއްވެސް މެންބަރެއްގެ ފަރާތުން އެއްބާރުލުން ނުދޭނެކަމަށްވެސް ވަނީ ބުނެފައެވެ. މީގެއިތުރުން އިންތިހާބީ ރައީސްގެ ހުވާވެސް ގަބޫލު ނުކުރައްވާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ދަ ޑިމޮކެރެޓްސްގެ މެންބަރުން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ގުޅިގެން އެމްޑީޕީއަށް ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރު ހިއްސާވާ އެތަށް ކުންފުންޏަކުން ކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަ ދައްކަފާނެތީ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފެނަކަ އަކީ ގިނަ ކޮރަޕްޝަންގެ އަމަލުތަށް ހިނގާފާއިވާ ކުންފުންޏެއް ކަމަށް ވެސް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނަމަ ސަރުކާރު މަދަލުވުމުގެ ކުރިން އެމައްސަލަތަށް ބައްލަވާނެ ކަމަށެވެ. އަދި އަދަބު ދޭންޖެހޭ ފަރާތަށް އެކަމުގެ ހައްގުއަދަބު ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ހަސަން ވިދާޅުވީ ރައީސް ނަޝީދު އެކަންކަން ކުރައްވާނީ ދެފުއްފެންނަގޮތަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަތަށް ބަލައި ތަހުގީގުކުރަން އުޅުއްވާތީ އިރުބާރުނެތް ކަމަށް ބުނަމުން ދާކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ގިނަ މެންބަރުން އެ މައްސަލަތަކުގައި ހިމެނޭކަމުގެ ރިޕޯޓް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވަނީ ރައީސް ސާލިހް އަށާއި އަދި އެޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހަސަން ވިދާޅުވީ ރައީސް ސާލިހަށް ވަރަށް ބޮޑަށް އޮޅިވަޑައިގަންނަވާފައިވާ ކަމަށާއި އަދި އެމަނިކުފާނަށް މިހާރު ކަންކަން ހިނގަމުން އަންނަ ގޮތްވެސް ސަފުނުވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ ބުއްދިފިލައިގޮސްފައި ކަމަށްވެސް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ މަޖިލީހުން އެމައްސަލަ ފާސްނުވާ ކަމަށާއި އެހެން އެކަންްއޮތް އިރު ރައީސް ނަޝީދު ރިޔާސަތު އިންނަވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ގާނޫނީ ހުވައަކަށް ނުވާންވީ އެއްވެސް ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އޭނާ ވަނީ ދައުލަތުގެ ބަންޑާރަނައިބު ކޮބާތޯ ވެސް ސުވާލުކުރައްވާފައެވެ. އަދި ދައުލަތުގެ ބަންޑާރަ ނައިބަށް ގަނޫނުއަސާސީގައި ކަން ހިނގަން ޖެހޭ ގޮތަކީ އެއީތޯ ކަމަށް ވެސް ސުވާލު ކުރައްވާފައި ވެއެވެ. ހަސަން ވިދާޅުވީ އެމްޑީޕީގެ ޕީޖީއިން އެވަރުގެ ވާހަކައެއް ދައްކަވަމުން ގެންދަވާއިރު ބަންޑާރަނައިބަށް ގާނޫނު ރަނގަޅަށް ފަހުމްވެ ވާޑައިގަންނަވާނެ ކަމަށެވެ.

މީގެއިތުރުން ހަސަން ވިދާޅުވީ ރައީސް ސާލިހަށް ކަން ހިނގަމުން ދާގޮތް ކޮންމެވެސް ފަރާތަކުން ކިޔައިދެއްވަން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީއިން ބުނަމުން ދިޔަނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހަޅައި ނެގީ ކޮން ސަބަބަކާއި ތޯވެސް ހަސަނަ ސުވާލު ކުރެއްވިއެވެ. ހަސަން ވިދާޅުވީ އެއްފަހަރު އިތުބާރު އޮވެ އަނެއްކާވެސް އިތުބާރު ނެތް ކަމަށް ބުނެ އެކަމާ ގުޅޭގޮތުން ސުވާލު ވެސް އެމްޑީޕީއަށް ކުރެވުނު ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީން އެއަށް ދެއްވި ޖަވާބަކީ ރައީސް ނަޝީދަކީ އެއްވެސް އިރަކު އޮތުބާރު އޮތް ބޭފުޅެއް ނޫން ކަމަށެވެ. މިކަމާ ގުޅޭގޮތުން ހަސަން ވިދާޅުވީ އެއީ މަކަރާއި ހީލަތްތެރިވުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: