ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިވޭ ސޯލާ ޕެނަލްތައް ނަގައި އެހެން ރަށަކަށް ބަދަލު ކުރާނަން: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ސޯލާ ޕެނަލްތަކުގެ ސަބަބުން ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލިފައިވާ ކަމަށެވެ.  އިއާދަކުރަނިވި ހަކަތަ މުހިންމު ކަމަށާއި ނަމަވެސް މިހާރު އެ މަސައްކަތް ކޮށްފައިވަނީ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ވިސްނުމަކީ ޕެނަލްތައް އެ ތަނުން ނެގުމަށްފަހު މީހުން ދިރިއުޅޭ އެހެން ރަށްރަށަށް ޕެނަލްތަށް ބަދަލު ކުރުން ކަމަށް ވިދާޅުވިއެވެ. އަދި ރަށަކަށް އެ ޕެނަލްތަށް ބަދަލު ކުރުމުން އެކަމުގެ ފައިދާ މާ އެދެވޭ ގޮތުގައި ހިފޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ވޯލްޑް ބޭންކުގެ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިންގާ އެ މަޝްރޫއުގެ ދަށުން ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މީގެ ކުރިން ވައިގަދަވެ ވިއްސައިގެން ގޮސް އޭގެ ތަހުގީގެއް ފެށި އެވެ. އެ މަޝްރޫއު ނިމުމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

“މި ސަރުކާރުން ކަން ކުރި ގޮތަކަށް އަޅުގަނޑުމެން އަމަލެއް ނުކުރާނަން، އެއަށްވުރެ އޯގާތެރިކޮށް އަޅުގަނޑުމެން ރައްޔިތުންނާ މެދު ކަންތައް ކުރާނީ” މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މި މަޝްރޫއަށް 16 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަަށް ގެންދާނީ ރަނގަޅަށް ޕްލޭން ކުރެވިފައިވާ ހިތްފަސޭހަ ރަށެއް ގޮތަށް ކަމަށެވެ. އެ ކަމަށް ޓަކައި، ބޭނުންވެފައިވާ އިތުރު ޕާކިން އިމާރާތްތަކަށް ހުޅުމާލޭގެ ހުރިހާ ފިޔަވައްސެއް ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގައި ގާއިމުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: