ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރައީސް ނަޝީދުގެ އަމާނާތަށް ހިޔާނާތްވުމުން: ޝިއްޕެ

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހާއި، ރައީސް ނަޝީދު އަދި ޝިފާޒް އާއި ފައްޔާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ނުކުރެވުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނާއި ހަވާލުކުރެއްވި އަމާނާތަށް ހިޔާނާތްތެރިވުމުންކަމަށް އެމްޑީޕީގެ ނައިބު ރައީސްކަމުގައި ހުންނަވާ ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިސްތިއުފާދެއްވި މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒް މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައެވެ. ޝިފާޒް ވިދާޅުވީ ގޮތުގައި ރައީސް ނަޝީދަށް އަދިވެސް މެންބަރުންގެ އިތުބާރު އެބައޮތްކަމަށެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެންގެވުމަށްފަހު އެމަނިކުފނުގެ އިތުބާރު އަލުން ގެއްލިގެން އެ މައްސަލަ ހުށައަޅާންޖެހޭ ވަރުގެ އެއްވެސް ކަމެއް ގައުމުގައި ދިމާނުވާކަން އާންމު ރައްޔިތުންނަށްވެސް ސާފުވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

އިތުބާރު އޮތްކަމަށް ނިންމުމަށްފަހު އަނެއްކާ ހަމަ އެ ދައުރުގެ ތެރޭގައި އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުން ސާފުވަނީ އެމްޑީޕީގެ އަމާޒެއް ނެތްކަންކަމަށާއި، ލީޑަރޝިޕްގައިވެސް އެއްވެސް ހަރުދަނާކަމެއް ނެތްކަމަށް ޝިފާޒް ވިދާޅުވިއެވެ.

ހަމަ އެއްގޮތަކަށްވެސް ލީޑަރޝިޕެއްވެސް ނެތީ، މިވަގުތު އެމްޑީޕީ ހިންގަން ތިއްބެވި ބޭފުޅުންނަކީ  ސިޔާސީ ޖަޒުބާތީ ވިސްނުމެއްގައި ކަން ކުރާ ބައެއް..

ޝިފާޒް ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕްގެ ސިޔާސީ ވިސްނުން ނެތްކަމަށެވެ. ހުރީ ޖަޒުބާތީ ވިސްނުންކަމަށާއި، އަދި އެމްޑީޕީ އޮތީ ޖަޒުބާތުން އަރައި ނުގަނެވިފައިކަމަށް ޝިފާޒް ވިދާޅުވިއެވެ.

މި މައްސަލަ ހުށައެޅި ނަމަވެސް، މައްސަލަ ހުށައެޅި މަގުސަދުގެ ތެރޭގައި ރައީސް ނަޝީދުގެ އިތުބާތު ނެތްކަމާއި ނުވަތަ އޮތްކަން އެއްވެސް ވަރަކަށް މުހިންމު ނޫންކަމަށް ފާހަގަކޮށް ޝިފާޒް ދޭހަ ކުރެއްވި ގޮތުގައި މިއީ ޒާތީ މައްސަލައެކެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވެރިކަމަށް އާދެވުނީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބުމުންކަމަށާއި، ވެރިކަން ލިބުނީ މިހެންކަމަށް ޝިފާޒް ވިދާޅުވިއެވެ. ދެން އޮތް އިންތިހާބުން ބަލިވުމުންވެސް ރައީސް ނަޝީދު ރައީސް ސާލިހަށް ދެއްވި އަމާނާތަށް ހިޔާނާތްތެރިވެވުނީކަން އެމަނިކުފާނު ގަބޫލު ނުކުރެއްވިކަމަށާއި، ދެންވެސް ގޯސް ކުރެއްވީ ރައީސް ނަޝީދުކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެ ރުޅިވެރިކަން ރައީސް ނަޝީދަށް ބާލަނީ

މީގެ އިތުރުން ޝިފާޒް ވަނީ އެމްޑީޕީގެ ވެރިކަމެއްގައި ހުންނަންޖެހޭ އެންމެ މުހިންމު އަސާސްތައް މިވެރިކަމުގައި މިހާރު ނެތްކަމަށް ފާހަގަކުރައްވާ، ރައީސް ސާލިހަށް ވެރިކަން ގެއްލުން ސަބަބަކީ އެއީކަމަށް ވިދާޅުވެފައެވެ.

ރައީސް ސާލިހު ވެރިކަން ކުރައްވަނީ އަމިއްލަ އެޖެންޑާއަކަށްކަމަށާއި، ނަމަވެސް އެކަން ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ގަބޫލު ނުކުރައްވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ. ދެވަނަ ދައުރެއް ރައީސް ސާލިހަށް ދެއްވަން އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބޭނުންނުވީ އެމަނިކުފާނުގެ އަމަލުތައް ހުރި ގޮތުގެ ސަބަބުންކަމަށް ތަކުރާރުކޮށް ޝިފާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: