ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ނިމޭއިރު ޑިމޮކްރެޓްސްގައި ހާހަކަށް ވުރެ ގިނަ އިންތިހާބީ މެމްބަރުން ތިބޭނެ: ޝިއްޕެ

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ޑިސެމްބަރު ނިމޭއިރު، 1100 އަށްވުރެ ގިނަ އިންތިޚާބީ މަޤާމްތައް ފުރާ މެމްބަރުން ޑިމޮކްރެޓްސްގައި ތިއްބަވާނެކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް މެމްބަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

ރޭ ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުތައް ބޭއްވުމަށް މަސައްކަތްތައް ކުރެވެމުންދާއިރު، މިއީ ރާއްޖޭގެ ސިޔާސީ އުއްމީދު ކަމުގައެވެ.

ޕާޓީގެ އެތެރޭގެ އިންތިޚާބު ނިމޭއިރު ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ ވޯޓުން އިންތިޚާބު ކުރެވޭ ދާއިރާތަކަށް އެ ޕާޓީއިން ޒުވާނުންނާއި އަންހެނުން އިންތިޚާބު ކުރެވޭ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 1100 އަށް ވުރެ ގިނަ މެމްބަރުން އިންތިޚާބު ކުރެވޭ މަޤާމްތަކުގައި ތިއްބަވާނެކަމުގައި ޝިފާޒް ވިދާޅުވިއެވެ.

ޑިމޮކްރެޓްސް ވެގެންދާނީ މެމްބަރުންގެ ބައިވެރިވުން އެންމެ ބޮޑަށް ލިބިގެންދާނެ ޕާޓީއަށް، މި ޕާޓީ ބޮޑުވެގެންދާނެ. މި ޕާޓީއަކީ އުފެދުނު ދުވަހުނެ ފެށިގެންވެސް ގޮތް ނިންމަމުން މިދަނީ. އިރާދަކުރެއްވިއްޔާ މި ޕާޓީ އެގޮތުގައި އަބަދުވެސް ކުރިއަށްދާނެ. މިވަގުތުވެސް ގޮތް ނިންމަވަނީ އަޅުގަނޑުމެން. އެހެން ބައެއް ބޯ ގިނަ ވެދާނެ އަޑުވެސް ގަދަ ވެދާނެ އެހެން ނަމަވެސް ގޮތް ނިންމާނީ އަޅުގަނޑުމެން. ޑިމޮކްރެޓްސްއިން

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޝިފާޒް ވިދާޅުވީ، 2019 ގައި ދިވެހި ރައްޔިތުން މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ގިނަ ގޮނޑި ދިނީ އެ ޕާޓީއަށް ކުރި އިތުބާރެއްގެ މައްޗަށް ކަމަށެވެ. އެކަމަކު އެ އިތުބާރު ގެއްލި ގޮސްފައިވާކަމަށާއި، އަދި ދެން އެ އިތުބާރު އަލުން އެމްޑީޕީއަށް ހޯދޭނެ އެއްވެސް ގޮތެއް ނެތްކަމަށް ޝިފާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިތުބާރު ނުހޯދޭތަނުގައި އެ އެޕާޓީއިން އެ ކުރާ ކަމަކީ އަނބުރާ ނާދެވޭހާ މިންވަރަށް އަޑިއަށް ދިއުން ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ކުޑަ މުއްދަތުގެ ތެރޭގައި ހުށަހަޅައިގެން އުޅެނީ އެ މަޤާމަށް ދަހިވެތިވެފައިވާ އެމްޑީޕީގެ މެމްބަރުގެ ދަހިވެތިކަމުންކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ. އެމްޑީޕީއަކީ މިހާރު ޕާޓީއެއް ނޫންކަމަށާއި، މިހާރު ހުރި ގޮނޑިތައްވެސް ދެން އަންނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އިތުބާރު ގެއްލިފައިވާކަމަށް ވިދާޅުވެ ޝިފާޒް ވަނީ އެމްޑީޕީއަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: