ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ އިތުބާރާއި ހަރާބު ވެފައިވާ ސިޔާސީ ޕާޓީގެ ނިޒާމަށް އަލުން އިތުބާރު ހޯދާނީ ޑިމޮކްރެޓްސްއިން: ޝިއްޕެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި ހަރާބު ވެފައިވާ ސިޔާސީ ޕާޓީގެ ނިޒާމަށް އަލުން އިތުބާރު ހޯދާނީ ދަ ޑިމޮކްރެޓްސްއިން ކަމަށް އެ ޕާޓީގެ މެމްބަރެއްކަމަށްވާ މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދަށް ތާއިދުކޮށް އެމްޑީޕީއިން ވަކިވި މެމްބަރުން ވަނީ ޑިމޮޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައެވެ. އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އޭނާއަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި 15،453 (%7.04) ވޯޓު ލިބިވަޑައިގެންނެވިއެވެ.

ޝިފާޒް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލަށް އޮތް އެންމެ ބޮޑު އުއްމީދަކީ ދަ ޑިމޮކްރެޓްސް ކަމަށެވެ.

“މި އުންމީދީ ޕާޓީއަށް ވޯޓުދެއްވައި ހިއްވަރާއެކު މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ. ހަރާބު ކުރަމުންއައި ސިޔާސީ ޕާޓީގެ ނިޒާމަށް އިތުބާރު ހޯދާނީ މި ޕަާޓީން” ޝިފާޒް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން އިންތިޚާބުގެ ތިންވަނަ ހޯދާފައިވާއިރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކުރާނީ ފުރަތަމަ ބުރުން އެއްވަނަ ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ކަމެއް ނުވަތަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކަމެއް އަދި ނުނިންމައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: