ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢައްޒާގައި ބަލިފެތުރިދާނެކަމުގެ ކަންބޮޑުވުން!

ޣައްޒާގައި ގިނަ އަދަދެއްގެ މީހުން ވަޅުލުމަށް ތައްޔާރުކޮށްފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގައި ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން ސޯޝަލްމީޑިއާގައި މައުލޫމާތު ދެމުންދާ ބައެއް ފަރާތްތަކުން ބުނާގޮތުން އާންމު ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދުތަކަށް ހުއްޓުމެއް ނެތި ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި ތާށިވެ މަރުވެފައިވާ އެތައް ހާސް ބައެއްގެ ހަށިތައް އަދި ނުނެގިވާނެއެވެ. އަދި ގިނަ ދުވަސްވުމުގެ ސަބަބުން އެ ހަށިތައް ކުނިވެ ކެތްކުރަން ދަތިވާ މިންވަރަށް ވަސްނުބައިވެފައިވާކަމަށް ބައެއް ސަރަހައްދުތަކުން ރިޕޯޓުތައް ލިބެމުންދާކަމަށްވެސް ބުނެފައިވެއެވެ.

މައުލޫމާތު ހިއްސާކުރަމުންދާ ބައެއް މީހުން ބުނާގޮތުން، މަރުވެފައިވާ މީހުންގެ ހަށިތައް ގިނަވެ ކުނިވަމުންދިއުމުން މެހީގެ އުނދަގޫވެސްވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި މިހާރު ޢައްޒާ އަދި އެހެނިހެން ބައެއް ސަރަހައްދުތަކުގައިވެސް މެހިން ސަލާމަތްވުންވެސް ދަތިވެފައިވާކަމަށް ބުނެފައިވެއެވެ.

ގިނަ ގެދޮރާއި ބޮޑެތި އިމާރާތްތައް ސުންނާފަތިކޮށްލާފައިވުމުންނާއި ފެނާއި ކަރަންޓުވެސް ކަނޑާލާފައިވުމުން މިހާރު 2.2 މިލިއަން މީހުން ދިރިއުޅެމުންދާ ޣައްޒާގައި 90 އިންސައްތަ ފާހަނާތަކުގައި ފްލަޝްކުރުމަށް ފެނެއް ނެތެވެ. އަދި ފާހަނާކުރަން ބޭނުންވާ މީހުނަށް އެތައް ގަޑިއިރެއް ކިއުގައި ހުންނަން ޖެހިފައިވާކަމަަށާއި ނަތީޖާއެއްގެ ގޮތުން ބައެއް މީހުންނަށް ފާހަނަ ނޫން ތަންތަން ބޭނުންކުރުމަށް މަޖުބޫރުވާކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ބަލިތައް ފެތުރުމުގެ ބިރު ހީވެފައިވާކަމަށާއި އެކަމުގެ ބައެއް އަލާމަތްތައް ފެންނަމުންދާކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ދުވަސްތަކެއް ކުރިން ސޯޝަލްމީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި އިސްރާއީލުގެ ސިފައިން ޖަންކްޝަން ފެނާއި އެހެން ކެމިކަލްއެއް އެއްކޮށްގެން ފެން ޖަހާ އުޅަނދެއް ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދޭ މަންޒަރުތައްވެސް ފެނިގެންދިޔަކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: