ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާގެ އެޖެންޑާގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނެތް، ތަވާލުކޮށްފައިވަނީ ބަޖެޓުގެ މަސައްކަތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަދަލުގައި، މާދަމާގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ތާވަލުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ އެޖެންޑާއިގަވާ ގޮތުން މާދަމާގެ ޖަލްސާގައި އޮތީ ދެ މަސައްކަތެކެވެ.

އެއީ:

  1. މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް.
  2. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ހޯމަ އަދި އަންގާރަ ދުވަހުގެ ޖަލްސާއަށްވެސް އެޖެންޑާ ކުރިއެވެ. ނަމަވެސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންވާ ނައިބު ރައީސް އީވާ އަބްދުުﷲ އާލާސްކަންފުޅާ އުޅުއްވާތީ މި މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. އީވާ ނޫން އެހެން ބޭފުޅަކަށް މި ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެކަމަށް މަޖިލީހުގެ އިދާރާއިން ނިންމި ނަމަވެސް މިކަމާއި ދެކޮޅު ހަދާ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ވަނީ މި މައްސަލަ ސްޕްރީމް ކޯޓާށް ހުށައަޅާފައެވެ.

އެމްޑީޕީގެ މެންބަރުން ވިދާޅުވާ ގޮތުގައި ރައީސް އަދި ނައިބު ރައީސް އަށް ރިޔާސަތު ނުބެހެލެއްޓޭ ހާލަތުގައި މަޖިލީހުގައި ތިއްބަވާ އެންމެ ސީނިއަރ 5 މެންބަރުންނަށް ރިޔާސަތާއި ހަވާލުވެވޭނެއެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އެއީ އާންމު ޖަލްސާތަކުގައި ކަން ކުރާ އުސޫލެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެހެން މަސައްކަތްތަކެއް އެޖެންޑާކޮށްފައި ވީ ނަމަވެސް، ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާފައިވަނިކޮށް، އެ މައްސަލައާއިމެދު ގޮތެއް ނިންމާ އެހެން މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: