ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މުއިއްޒަށް އޮތް ހުރަހަކީ ދަރަނި، އެކަމަކު ކުރިއަށް ދެވޭނެ: ތޯރިގް

އެންވާރުމެންޓް މިނިސްޓަރު އަދި ޕީޕީއެމްގެ ސެނަޓަރ ތޯރިގް އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް ހަމައެކަނި ހުރަހަކީ ދަރަންޏާއިއެކު ކުރިއަށް ދިއުން ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އަދި ޕީޕީއެމްގެ ސެނަޓަރ ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެެވެ.

ސަންގު ޓީވީގެ ”2023 ގެ ރައީސް“ ޕްރޮގުރާމްގައި ވާހަކަދައްކަމުން ތޯރިގު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް މިހާރު ދަރަނިވެރިވެފައިވާ މީހެއް ކަމަށެވެ. އެހެންކަމުން ކޮންމެ މީހެއްގެ ބޮލުގައިވެސްް ދެ ލައްކަރުފިޔާގެ ދަރަންޏެއް އޮތްކަން ފާހަގަކުރައްވަމުން ވިދާޅުވީ ގައުމު ތަރައްގީ ކުރުމުމަށް އިންތިހާބީ ރައީސް އަށް އޮތް އެެންމެ ބޮޑު ހުރަހަކަށް ވާނީ ގައުމަށް ކުރިތިވެފައިވާ ދަރަނީގެ މައްސަލަ ކަމަށެވެ.

ތޯރިގު ވިދާޅުވީ ދަންރަންޏާއިއެކުވެސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށާއި، ވައުދު އެމަނިކުފާނު ވެ ވަޑައިގަތީވެސް ހިކުމަތްތެރިކަމާއި ވިސްނުންތެރި ކަމާއިއެކު ކަަމަށެވެ. ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރައްޔިތުންނަށް ޑެލިވާ ކުރެވޭނެ ކަންތަކަކީ ކޮބައިކަން ޑރ. މުއިއްޒު ހުންނެވީ ދެނެވަޑައިގެން ކަމަށެވެ.

”ޗެލެންޖްސް ހުންނަވާނެ. ޗެލެންޖެސްއާ ކުރިމަތި ލައްވަން އިންތިހާބީ ރައީސް ހުންނެވީ ތައްޔާރަށް. އެކަމަށް ހައްލު ހޯއްދަވަންވެސް ހުންނެވީ ތައްޔާރަށް. އެންމެ ބޮޑު ޗެލެންޖަކަށް އޮތީ އެމްޑީޕީ ސަރުކާރުން ރާއްޖެ ވައްޓާލާފައި އޮތް ފުންވަޅުގަނޑު. ވިހާ ކޮންމެ ކުއްޖެގެ ބޮލުގައިވެސްް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ދަރަނި އެބަ އެޅޭ.“ ތޯރިގް ވިދާޅުވިއެވެ.

ދަރަނީގެ ސަބަބުން ޑރ. މުއިއްޒަު ވެރިކަމާއި ހަވާލުވެ ކުރެވޭ މަސައްކަތުގައި ގޮންޖެހުންތައް ހުންނާނެކަން ފާހަގަކޮށް އިތުރަށް ތޯރިގު ވިދާޅުވީ ދަރަނި ކުޑަކޮށް ކުރިއަށްދާން ބޭނުންނަމަ އިތުރުހޯދުންތަކާއި ވިސްނުންތަކެއް ހިންގާ ރާވަންޖެހޭ ކަމަށެވެ. ނަމަވެސް ޑރ. މުއިއްޒަށް މިއީ ކުރެވޭނެ ކަމެއް ކަމަށާއި، އެމަނިކުފާނުގެ ހައުސިން މިނިސްޓަރު ކަމުގެ ތަޖުރިބާއިން ވެސް މި ކަންތައްތައް ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފައި ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ އަދަދެއްގެ ގޮތުގައި މިހާ ހިސާބަށް އެނގެން އޮތީ 114 ބިލިއަނެވެ. ބޮޑެތި މަޝްރޫއުތަކަށް ގިނަ އަދަދުން ލޯނުތައް ނަގާފައިވާއިރު، މި ލޯނުތައް ދެއްކުމަށް ދީފައިވާ މުއްދަތަކީ 2025 ކަމަށްވާއިރު އެއީ، ޑރ. މުއިއްޒުގެ ވެރިކަމުގެ ދެވަނަ އަހަރުކަން ފާހަގަ ކުރެވެއެވެ.

ތޯރިގް ވިދާޅުވީ ރާއްޖެ ދަރަނިވެރުވެފައިވަނީ، ވިސްނުން އިސްކުރެއްވުމެއްނެތި މި ސަރުކާރުން ގައުމު ހިންގަން ކުރެއްވި މަސައްކަތުން ކަމަށެވެ. އަދި އިންތިހާބުތެރޭގައި ފެނިފައިވަނީ އެއްވެސް ތަރުތީބެއްނެތި ކަންކުރެވިގެން ދިޔަތަންކަމަށާއި، ކުންފުނިތަކަށްވެސް އެއްވެސް އުސޫލެއްނެތި މުއައްޒަފުން ނަގާފައިވުން އޭގެ ތެރޭގައި ހިމެނޭކަން ތޯރިގް ފާހަގަ ކުރެއްވިއެވެ.

މިގޮތަށް ސަރުކާރުގެ އަމަލުތައް ހުރުމުގެ ސަބަބުން ހުރިހާގޮތަަކުން ރާއްޖެވަނީ ފުންވަޅުގަނޑަކަށް ވެއްޓިފައި ކަމަށްވެެސް ތޯރިގް ވިދާޅުވިއެވެ. އިންތިގާލީ މި މަރުހަލާގެ ހަމަޔާއި އުސޫލަށް ބެލުމެއްނެތި ކުރައްވާ އަމަލު ތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: