ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ޖަބަލިޔާ ކޭމްޕަށް ދިން އަނިޔާވެރި ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު / ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ޣައްޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުން ދިން އަނިޔާވެރި ބޮމުގެ ހަމަލާތަކެއްގައި ޖަބަލިޔާ ކޭމްޕުގައި ތިބި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަމަށް ފާހަގަކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، އެ ހަމަލާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ފުރާނަ ގެއްލިފައިވާކަމަށާއި، އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އިސްރާއީލުން މައުސޫމު އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރުން ތަކުރާރުކުރާކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން މި މައްސަލަ ހައްލުކުރުމަށް އަވަސްވެގަތުމަށް ގޮވާލާފައިވާ ގޮވާލުންވެސް ތަކުރާރުކުރައްވާކަމަށެވެ.

ޝާހިދު ވިދާޅުވީ، ޣައްޒާގައި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަަށާއި އާންމު މެރުން ހުއްޓާލުމަށް ގޮވާލާކަމަށެވެ. މިނިސްޓަރުވަނީ އެއްވެސް ދަތިކަމެއް ނެތި އެ ސަރަހައްދަށް އެހީ ފޯރުވަން ފުރުސަތު ދިނުމަށް ގޮވާލާކަމަށެވެ. ޖެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: