ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސް މަޝްރޫއިން ފްލެޓް ގަތުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހު ހުޅުވާލަނީ

ވިނަރެސް ފްލެޓުތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިނަރެސް މަޝްރޫއިން ފްލެޓް ގަތުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހު ހުޅުވާލުމަށް ނިންމައިފިއެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލާ މި ފުރުސަތުގައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ދެމެދު ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެއެވެ. ފޯމު ހުށަހެޅުން ބަންދުވާނީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަށް ފޯމު ހުށަހަޅާ ނިމުމުންނެވެ.

ވިނަރެސް މަޝްރޫއިން ފްލެޓް ވިއްކުމަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ވިއްކުމަށް ކަނޑައެޅިފައިވާ ފްލެޓް ތަކަކީ 15 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ހުރި ފްލެޓްތަކާއި، 31 އޮކްޓޯބަރ 2023 ގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިހްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކިހުރި ޔުނިޓްތަކެވެ.

މި ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ 5 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހު މިކޯޕަރޭޝަން ގެ އޮންލައިން ޕޯރޓަލް މެދުވެރިކޮށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: