ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސް ފްލެޓުތަކުގެ ޑައުން ޕޭމެންޓްގެ 50 އިންސައްތަ ކުޑަ ކޮށްފި

ވިނަރެސް ފްލެޓުތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ތަރައްގީކުރި ވިނަރެސް ފްލެޓުތަކުގެ ޑައުން ޕޭމެންޓްގެ 50 އިންސައްތަ މި ސަރުކާރުން ކުޑަ ކޮށްފިއެވެ.

ވިނަރެސް މަޝްރޫއުއިން ފްލެޓު ބައްލަވައިގަތް ފަރާތްތަކަށް މަހު ކުއްޔާއި ގުޅޭގޮތުން ދިނުމަށް ނިންމާފައިވާ އިތުރު ލުއިތަކާއި ގުޅިގެން މައުލޫމާތު ދިނުމަށް ނެރުން ބަޔާނުގައި އެޗްޑީސީއިން ބުނީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ މަގު ޗާޓާއި އެއްގޮތަށް އެ ކޯޕަރޭޝަންއިން ދޭން ނިންމާފައިވާ ލުޔެއްކަމަށެވެ.

އެގޮތުން “ލީސް ޓު އޯން މޮޑެލް” ގެ އިންޓްރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ބަދަލުކުރުމުގެ އިތުރުން ފްލެޓުތަކުގެ ޑައުންޕޭމެންޓުގެ 50 އިންސައްތަ ކުޑަ ކުރެވި، ކުޑަކުރެވުނު 50 އިންސައްތަ އަގުން އުނި ކުރެވިފައިވާކަމަށެވެ. މިއާއިއެކު ޑައުންޕޭމެންތރް ދެއްކުމަށް ދެވިފައިވާ 3 މަހުގެ ބަދަލުގައި 6 މަސް ދުވަހުން ޑައުންޕޭމެންޓް ދައްކާ ގޮތަށް ހަމަޖެހިފައިވާކަމަށް އެޗްޑީއިން ބުނިއެވެ. އަދި މީގެ އިތުރުން 6 އިންސައްތަ އިންޓަރެސްޓް ރޭޓްގައި ފުލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ މިހާރު ވަނީ ކުޑަކުރެވިފައިކަމަށާއި، އަދި މި ޑިސްކައުންޓަކީ ފްލެޓުގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ހަމަޖެހިފައިވާކަމަށްވެސް ބުނިއެވެ.

މި ބަދަލާއިއެކު ވިނަރެސް މަޝްރޫއުއިން ފުލެޓު ބައްދަލަވައިގަތް ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއް ފަހަރާ އަގު އަދާ ކުރާ އުސޫލުން ފުލެޓު ބައްލަވައިގަތް ފަރާތްތަކަށްވެސް މި ލުއިތައް ދިނުމަށް ނިންމާފައިވާކަމަށް ބުނިއެވެ.

ބޭންކު ލޯނަށް މަހަކު އެވްރޮޖުކޮށް ދައްކަންޖެހޭކަމަށް ލަފާ ކުރެވޭ އަދަދުން 4،200 ރފުިޔާ އެވްރެޖްކޮށް ކުޑަވާނެ ގޮތަކަށް ފްލެޓުގެ އަގުން ޑިސްކައުންޓެއް ދެވިގެންދާނެކަމަށްވެސް ބުނިއެވެ. އަދި އަމިއްލަ ފައިސާއިން އެއް ފަހަރާ އަގު އަދާ ކުރާ ފަރާތްތަކަށް ފްލެޓުގެ އަގުންވެސް އެވަރުގެ ޑިސްކައުންޓެއް ދޭގޮތަށް ހަމަޖެހިފައިވާކަމަށް ބުނިއެވެ.

މީގެ އިތުރުން މިހާ ތަނަށް ލޯނު ހަމަޖައްސަވައިގެން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށާއި، އަމިއްލަ ފައިސާއިން އެއް ފަހަރާ އަގު އަދާކޮށްފައިވާ ފަރާތްތަކަށް ޑިސްކައުންޓަށްވާ ފައޮސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށައި، އަދި ފްލެޓުގެ ޑައުންޕޭމެންޓަށްވާ އަދަދުގެ 50 އިންސައްތަ އަގުން އުނިކުރެވި އަދި އަގު އަދާކޮސްފައިވާ ފަރާތްތަކަށް މި ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާކަން އެޗްޑީސީއިން މިކަން ހާމަކުރުމަށް ނެރުން ބަޔާނުގައިވެއެވެ.

މި ބަދަލާއި ގުޅިގެން އެގްރީމެންޓްއަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަމަށައި، އެ ކޯޕަރޭޝަންއަކީ އަބަދުވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަރްކޮށް ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންނެއްކަން ފާހަގަކޮށްފައިެއެވެ. އަދި ވިނަރެސް މަޝްރޫއުއިން ފްލެޓު ބައްލަވައިގަތް ފަރާތްތަކުގެ ޝަކުވާތަކާއި މައްސަލަ ބަލައިގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: