ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔެއަށް އަންނަ ބަދަލުތަކާއި ގުޅޭ ކޮންފަރެންސަކަށް ނަޝީދު ދުބާއީއަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތި، ސުޕްރީމް ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުނިޔެއަށް އަންނަ އެކި ބަދަލުތަކާއި ގުޅޭ ކޮންފަރެންސެއްގައި ބައިވެރިވުމަށް ދުބާއީދަށް ފުރާވަޑައިގެންފި އެވެ.

މިއީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ދުބާއީގައި ބާއްވާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރައްވަން ކުރައްވާ ދަތުރުފުޅެކެވެ.

އިންވެސްޓަރުން އިންވެސްޓުކުރާ ގައުމުތަކުން ރެޒިޑެންސީ ދިނުމާ ގުޅޭ ގޮތުން ބާއްވާ މި ކޮންފަރެންސަކީ ލަންޑަނުގައި ބޭސްވެފައިވާ ހެންލީ އެންޑް ޕާޓްނާސް ކޮންސަލްޓަންސީއިން ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރައްޔިތު މީހާއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ. އޭގެ އިތުރުން, އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ގައުމުތަކުގެ ތަރައްގީގައި ޓެކްނޮލޮޖީގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.

ރައީސް ނަޝީދުގެ އިތުރުން މި ކޮންފަރެންސްގައި ގްރެނަޑާގެ ރައީސް ޑިކޮން މިޗެލް ވެސް ތަގުރީރު ކުރައްވާނެ އެވެ. އަދި, ދުނިޔޭގެ ގައުމުތަކުގެ ވެރިކަން ކުރެއްވި އެހެން ބައެއް ބޭފުޅުން ވެސް ތަގުރީރު ކުރައްވާނެ އެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 11 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: