ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ މައްސަލަތައް މުއިއްޒުގެ ސަރުކާރުން ބަލާނެ: ލަތީފް

ފޮޓޯ: އަވަސް އޮންލައިން/ އަހުމަދު އަޔާދު --- 12 މެމްބަރުންގެ ތެރޭގައި ހިމެނުނު ލަތީފްގެ ފާޑުކިޔުން ރައީސް ސޯލިހްއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މައްސަލަތައް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަލާނެކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “2023ގެ ރައީސް” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލަތީފްވަނީ އޭސީސީގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކުރެވިފައިނުވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ގައުމު އޮތީ ގޯސް ހާލަތެއްގައިކަމަށެވެ. ލަތީފް ވިދާޅުވީ، ފެނަކަ ފަދަ ކުންފުނިތަކަށް ބެލުމުން ބޮޑެތި ޖަރީމާތައް ހިންގާފައިވާކަން ފެންނާނެކަމަށޭވެ.

ލަތީފް ވިދާޅުވީ، ޕީއެންސީ ޕީޕީއެމްގެ ކޯލިޝަންއިން ނޫނަސް ރައީސް ސާލިހުގެ ސަރުކާރުން ޖަރީމާތަކެއް ހިންގާފައިވާކަމަށް ބުނަމުންދާކަމަށާއި އަމަލުކޮށްފައިވަނީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށްކަންވެސް ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ބޮޑެތި ފައިސާގެ މުއާމަލާތްތަކެއް ކުރެވިފައިވާކަމަށާއި އެ މައްސަލަތައް ބަލާނެކަމަށެވެ. ލަތީފް ވިދާޅުވީ، އޭސީސީ ލައްވައި އެ މަސައްކަތްތައް ކުރުވަންޖެހޭނީ އައު ސަރުކާރުންކަމަށެވެ.

އޭނާ ވިދާޅުވީ، އެކަންކަން ހިނގައިދިޔަ އިރު، އޭސީސީ އޮތީ ގަދަ ނިދީގައިކަމަށާއި މައްސަލަތައް ބަލާނެ ހިތްވަރާއި ފަންވަރެއް ނެތްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބޯހިޔާވަހިކަން ދިނުމުގެ ތެރެއިން ކަންކަން ކޮށްފައިވަނީ ރަނގަޅަށް ނޫންކަން އެނގުމުން މިހާރު އޭސީސީއިން ހައުސިންގް މިނިސްޓްރީގެ ކަންކަން ބަލަމުންދާކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ކުރިންވެސް އެ ވާހަކަތައް ދައްކައި އަޑުއުފުލަމުންދިޔަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލަތީފް ވިދާޅުވީ، އެއްވެސް ހަމައެއް އަދުލެއް އިންސާފެއް ނެތްކަމަށާއި އަމަލުކުރަމުންދަނީ ހަމަަތަކާއި އަދުލުން ބޭރުންކަމަށްވެސް ބުނަމުންދާކަމަށެވެ. ލަތީފް ވިދާޅުވީ، ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކުން އެކި ރަށްތަކުގައި ތިބި ވިޔަފާރިތަކަށް އެތައް ބިލިއަން ރުފިޔާއެއް ދަރާފައިވާކަމަށެވެ. ލަތީފް ވިދާޅުވީ، ޖަރީމާތަކަށް އަރައިގަތުމުގައި ސަރުކާރުވަނީ ހައްދުން ނައްޓާފައިކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: