ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ކައުންސިލް އިންތިހާބުގެ ނަތީޖާ ހަޖަމެއް ނުކުރެވޭ: ލަތީފް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހަޖަމެއް ނުކުރެވޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު  ވިދާޅުވެެއްޖެއެވެ.

ނަޝީދު އާއި އެމްޑީޕީގެ އިސްވެރިން މިދިޔަ އަންގާރަ ދުވަހު އިންތިހާބާއި ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) އަށް ވަޑައިގަތުމާ ގުޅިގެން އެ ސަރަހައްދުގެ މަސްރަހު ވަނީ ހޫނުވެފައެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ އެދުވަހު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ބަޔެއްގެ ގަޔަށް ކަރުނަ ގޭސް ޖެހި ކަމަށާއި އެމްޑީޕީން ގެންނަން ބޭނުންވާ ޑިމޮކްރަސީއަކީ އެއީ ކަމަށެވެ.

“އަސްލު ވާގޮތަކީ ނަޝީދަކަށް ނަތީޖާ ޙަޖަމެެއް ނުވޭ. ނަޝީދަކީ ކިތަންމެ ޑިމޮކްރަސީއަށް ލޯބިކުރާ މީހެކޭ ވިދާޅުވި ނަމަވެސް އަދި ތިމަންނާއަކީ ކިތަންމެ އަދުލަށް ލޯބިކުރާ މީހެކޭ ވިދާޅުވި ނަމަވެސް އެކަމެއް އަމަލަކުން ނުދައްކާ” ލަތީފް ވިދާޅުވިއެވެ

ހަމަނުޖެހުން ހިނގި މައްސަލާގައި ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އީސީގެ އިދާރާ ދޮށަށް އަށް ވަޑައިގަންނަވަން ޖެހުނީ T4 ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް އެތަނަށް ގޮސް ޕީޕީއެމްގެ އިސްވެރިން އީސީ އީދާރާއަށް ވަދެވަޑައިގެން 30 މިނެޓު ވީއިރު ވެސް ނުކުންނެވުމުން ކަމަށެވެ. އެގޮތުން އީސީގެ އިދާރަށް ވަދެވެން ޖެހޭނީ ހަމައެކަނި އޮފިޝަލުންނަށް ކަމަށާއި އެމަނިކުފާނު ހުންނެވީ ބޭރުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: