ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރެޑިޓަށް ކަންކަން ކުރުމަކީ މައްސަލައެއްނޫން، ނަމަވެސް އިގްތިސާދަށް ފެތެން ޖެހޭ: ނާޒިމް

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރެޑިޓަށް ކަންކަން ކުރުމަކީ މައްސަލައެއްނޫންކަމަށާއި، ނަމަވެސް ރާއްޖޭގެ އިގްތިސާދަށް އެކަންކަން ފެތެން ޖެހޭކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއިން ގެނެސްދޭ ”23 ގެ ރައީސް“ ޕްރޮގްރާމުގައި ސިއްހީ ދާއިރާއަށް ހާއްސަކޮށް ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދޭންޖެހޭ ފައިސާއާއި ގުޅޭ ގޮތުން ސުވާލުކުރުމުން، ނާޒިމް ވިދާޅުވީ ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ ހެލްތް ފެސިލިޓީތަކަށްވެސް އާސަންދައިން ދައްކަންޖެހޭ ބައިވަރު ފައިސާ އެބަހުރިކަމަށެވެ. އެލަރމިން އަދަދަކަށް މި ގޮތަށް ދައްކަން ހުރި ފައިސާ ގިނަވެފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި މިއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ދޭ އާސަންދައިގެ ދަށުން ފަރުވާ ދޭ ބޭރުގެ ގައުމުތަކުގެ ހޮސްޕިޓަލްތަކުން ހިދުމަތް ދިނުން ހުއްޓާލާ މިންވަރަށް ދައްކަންޖެހޭ ފައިސާ އެބަހުރިތޯ ސުވާލުކުރުމުން ނާޒިމް ވިދާޅުވީ ދައުލަތަކުން އެ ފުރުސަތު ނުދެއްވާނެކަމަށެވެ.

ދައްކަންޖެހޭ ފައިސާގެ މިންވަރު އޮތީ ރާއްޖޭގެ އިގްތިސާދީ ޙާލަތަށް ނުފަތާ ހާލަތުގައިކަމަށް ފާހަގަކޮށް ނާޒިމް ވިދާޅުވީ މިކަން މިހެން ދިމާވީ މެނޭޖުކުރަން ނޭނގުމުންކަމަށެވެ.

އަބަދުވެސް އާސަންދަ ހިދުމަތަކީ ކްރެޑިޓަށް ހިދުމަތްދޭ ނިޒާމެއް އެއީ، އަބަދުވެސް އޭޑީކޭ ހޮސްޕިޓަލަށްވިއަސް، ޓްރީ ޓޮޕް ހޮސްޕިޓަލަށް ވިއަސް އަދި އިންޑިއާގެ ހޮސްޕިޓަލެއްކަމަށްވިއަސް ކްރެޑިޓަށް ލާރި ދައްކަން އޮންނަނީ. އެކަމަކު އެ ވަކި މިންގަނޑެއްގެ ތެރޭގައި ގެންގުޅެވޭތޯ ބެލުން އެއީ އަބަދުވެސް އަޅުގަނޑުމެން ސަރުކާރުގެ ތެރޭގައި އިސްކަން ދެމުން ގެންދިޔަކަމެއް.

ނާޒިމް ވިދާޅުވިއެވެ.

އާސަންދައިގެ ހިދުމަތަކީ ފަހުން ފައިސާ ދޭ ގޮތަށް ހަމަޖެހިފައިވާ ހިދުމަތެއް ނަމަވެސް، އެކަން ވަކި މިންގަނޑެއްގެ ތެރޭގައި ގެންގުޅުމަށް ޕީޕީއެމްގެ ކުރީ ސަރުކާރުގައި އިސްކަންދެއްވާފައިވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ކަންކަން ކުރުމުގައި އެއްވެސް އިމެއް ގެންގުޅުއްވާފައިނުވާކަމަށް ވިދާޅުވިއެވެ. ކަން ހިނގާ ގޮތް ރަނގަޅަށް ދެނެގަންނަޖެހޭކަމަށާއި، އެގޮތުން ރެޑް އެލާޓް އާދޭތޯ ބެލުމުގެ މުހިންމުކަން ނާޒިމް ފާހަގަކުރެއްވިއެވެ.

އާސަންދައިގެ ދަށުން ދޭން ޖެހޭ ފައިސާއިން އަމިއްލަ ފާމަސީ ހިންގާ ފަރާތްތަކަށްވެސް 30 އަކަށް މިލިއަން ރުފިޔާ ދޭންޖެހިފައި އެބައޮތްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޓްރީޓޮޕް ނުވަތަ އޭޑީކޭފަދަ ހޮސްޕިޓަލްތަކަށް 150 މިލިއަންއާއި ގާތް ކުރާ އަދަދަކަށް ފައިސާ ދޭން ޖެހޭނެކަމަށް ނާޒިމް އަންދާޒާ ކުރެއްވިއެވެ. އަދި އެސްޓީއޯއަށް ދޭން ޖެހޭ އެތައް ފައިސާއެއްވެސް އޮންނާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ގައުމެއްގެ ބަޖެޓަށްވުރެ 60 އިންސައްތަ އަށްވުރެ ބޮޑަށް ދަރަނި އިތުރުވުމުން އެއީ، ގައުމު ބަނގުރޫޓުވުންކަމުގައި ސިފަކޮށް ނާޒިމް ވިދާޅުވީ ރާއްޖެ އޮތީ މި ހާލަތުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: