ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ހުވާކުރުން ހުއްޓުވުމަށް އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބު ވުމުން، ހަމްދު ކުރަން: ނަޝީދު

ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހުއްޓުވުމަށް އެމްޑީޕީއިން ކުރި މަސައްކަތްތައް ނާކާމިޔާބުވިކަމަށްޓަކައި ހަމްދު ކުރައްވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބުރައީސް ނެތިވެސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، އެ ކޯޓުންވަނީ އިންތިހާބީ ރައީސްގެ ހުވައާއި މެދު ސުވާލު އުފައްދައި ގަވައިދު މާނަ ނުކުރެވޭނެކަމަށްވެސް ބުނެފައެވެ.  ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއިން ހުވާކުރުމުގެ ރަސްމިއްޔާތު ހުއްޓުވުމަށް ރޭވަމުންދިޔަކަމަށެވެ. އެހެންނަމަވެސް އެ ރޭވުން ފެއިލްވެފައިވާކަމަށާއި އެހެންކަމުން އެކަމަށް މާތްﷲ އަށް ހަމްދުކުރައްވާކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ހުވާ ކުރެއްވުމުގެ މަސައްކަތްތައް ދަނީ ރަނގަޅަށްކަމަށެވެ.

ރައީސް ނަޝީދުގެ ޓްވީޓަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދު ދެއްވިއެވެ. ރައީސް ނަޝީދަށް އިތުބާރު ނެތް ރައީސްގެ ގޮތުގައި ނިސްބަތްކުރައްވާ އޭނާ ވިދާޅުވީ، އެމަނިކުފާނު އެ ޖަލްސާގައި ނެތިއްޔާ ކަންކަން ރަނގަޅަށް ދާނެކަމަށެވެ.

އޭނާ ވިދާޅުވީ، އިތުބާރު ނެތް ރައީސްއަކު ބައިންދައިގެން ރީތިކޮށް ކަންކަން ގެންދިއުމަށް ސުޕްރީމް ކޯޓުގެ ހުކުމުގެއެއް ނެތްކަމަށެވެ. ރައީސް ނަޝީދު އުޅުއްވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފިއްލަވައިގެންކަމަށެވެ. އޭނާވަނީ ކިހާ ދުވަހެއް ފިއްލަވައިގެން އުޅޭވޭނެތޯ ސުވާލު ކުރައްވާފައެވެ.

އިންތިހާބީ ރައީސްގެ ހުވާ ގަބޫލު ނުކުރާނެކަމަށް އެމްޑީޕީން ނެގި ނުކުތާއަށް ހުކުމުގައި ބުނެފައި ވަނީ، ގާނޫނު އަސާސީން ލާޒިމު ކުރާ އެއްވެސް ކަމަކަށް ހުރަސް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެ ކަމަށެވެ.

އެގޮތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، މަޖިލީހުގެ ގަވައިދުގެ  205 ވަނަ މާއްދާގައި ވާގޮތަށް ނޯޓިސް ދީ މުއްދަތު ހަމަވުމުން ވޯޓު ނެގުން ތާވަލު ކުރަން ޖެހޭނެ ކަމަށެވެ. މި ގަރާރު އޮއްވައި އިތުރު އެހެން ކަމަކަށް ބަހުސް ކުރެވިގެން ނުވާނެކަމަށާއި، އެއީ މަޖިލީހުގެ މައްޗަށް ލާޒިމު ކުރާ އިޖުރާއަތެއްކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

އެހެން ނަމަވެސް ގާނޫނު އަސާސީން ލާޒިމުކަމެއް ކުރުމަށް މަޖިލީހުގެ ގަވައިދުގެ އެއްވެސް މާއްދާއަކުން ހުރަހެއް ނޭޅޭނެކަމަށާއި، ދައުލަތުގެ އެއްވެސް އޮފިޝަލަކަށް ވެސް އެފަދަ ބާރެއް ލިބިގެން ނުވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އެއާއި އެކު ބަޖެޓުގެ މަސައްކަތް ނުވަތަ ވަޒީރުންނަށް ރުހުން ދިނުން ވެސް ހުއްޓިގެން ނުވަނެކަމަށާއި، މިއީ ސީދާ ގާނޫނު އަސާސީގެ ވަކި މާއްދާތަކުން ލާޒިމު ކުރާކަމެއްކަން ފަނޑިޔާރު މަހާޒް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
24%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: