ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހިންމު ބިލުތަކެއްގެ މަސައްކަތް ނުނިމިވާތީ އޭޖީ އޮފީހުގެ ކަންބޮޑުވުން

އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްޢަތު.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތް ނުނިމިވާތީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ވާ ގޮތުން 2018 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން އަދިވެސް ނުނިމި އެކި މަރުހަލާތަކުގައި 30 ބިލެއްގެ މަސައްކަތް އެބަ އޮތެވެ. އޭޖީ އޮފީހުން ބުނި ގޮތުގައި، މިހާތަނަށް ނުނިމި އެކި މަރުހަލާތަކުގައި އޮތް ބިލުތަކުގެ ތެރޭގައި، މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ދެ ބިލެއް ކަމަށްވާ ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލު ހިމެނެއެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ރައްތަކުގެ ބިން ބޭނުންކުރުމާގުޅޭ އުސޫލުތައްް އެކަށައަޅާ ބިލާއި، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން، ވިޔަފާރިއާއި އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ބިލުތައް ވެސް މަޖިލީހުގައި އޮތްކަން އޭޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

އަދުލު އިންސާފާއި ޝަރުއީ ދާއިރާއާ ގުޅުންހުރި މުހިންމު ބިލުތަކެއްގެ މަސައްކަތްވެސް ނުނިމި ހުރިކަން ފާހަގަކޮށް އޭޖީ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ގާނޫނު ނަންބަރު 10/2008 ޖުޑީޝަލް ސާވިސަސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތްވެސް އޮތީ ކުރިއަށް ނުގޮހެވެ. މި ބިލުތަކަކީ ކޯޓުތައް އިސްލާހުކުރުމަށާއި، އަދުލު އިންސާފު ގާއިމްކުރުމަށް މުހިންމު ބިލުތަކެއްކަމަށް އޭޖީއިން ފާހަގަކޮށްފައިވެއެވެ.

މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުތަކުގެ ތެރެއިން މިހާތަނަށް ފާސްނުވެ އޮތީ އެއް ބިލެވެ. ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވާ އެބައޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: