ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ބަސް: މަރުގެ އަދަބު ތަންފީޒު ކުރުމަށް ވުރެ، ޝަރުއީ ނިޒާމު ހަރުދަނާ ކުރުން މުހިންމު!

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު/ ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުން މަރުގެ އަަދަބު މުޅިން އުވާ ލެވޭނީ އާންމުންގެ ހިޔާލާއި އެއްގޮތަށް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖޭން ކުރާ މަސައްކަތްތައް މުރާޖައާ ކުރުމަށް އދ. ގެ ޖެނީވާ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ބަނޑާރަ ނައިބް އިބްރާހީމް ރިފްއަތު ވިދާޅުވީ، ގާނޫނުތަކަށް ބަދަލު ގެނެސްގެން ނޫން ގޮތަކަށް ރާއްޖޭގައި މަރުގެ އަދަބު ދިނުން އުވާ ނުލެވޭނެ ކަމަށެވެ. ރިފްއަތު ވިދާޅުވީ މަރުގެ އަދަބު އުވާލުމަށް ރާއްޖެއަށް އެކި ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ގޮވާލަމުން ދާ ކަމަށެވެ.

މަރުގެ އަދަބު ދިނުން ތަންފީޒު ކުރުން ރާއްޖޭގައި މަޑުޖައްސާލާފައިވާއިރު، އެ ނިންމުން ރާއްޖެއިން ދަމަހައްޓާނެ ކަމަށް އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އެ ބައްދަލުވުމުގައި ރިފްއަތު ވިދާޅުވިއެވެ. ރިފްއަތު ވިދާޅުވި ގޮތުން މަރުގެ އަދަބު ދިނުމާއި މެދު ގޮތެއް ކަނޑައެޅެން އޮތީ ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކެއްގެ މައްޗަށެވެ. އަދި ރައްޔިތުންގެ ހިޔާލެއް ނެތި، މަރުގެ އަދަބު ދިނުން އުވާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިފްއަތު ވިދާޅުވެފައިވަނީ، މަރުގެ އަދަބު ތަންފީޒު ކުރުމަށް ވުރެ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުން މާ މުހިންމު ކަމަށެވެ. އަދި އިންސާފުވެރި ފަނޑިޔާރު ގެއަކާއި އެކު، ޝަރުއީ ނިޒާމު މިނިވަން ކުރުން އެއީ ސަރުކާރުގެ ވައުދެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބައެއް ކުށްތަަކަށް މަރުގެ އަދަބު ކަނޑައަޅާފައި ވެއެވެ. އެހެން ނަމަވެސް ފަހުގެ ތާރީހެއްގައި މަރުގެ އަދަބެއް އެއްވެސް މީހަކަށް ދީފައި ނުވެއެވެ. މަރުގެ އަދަބު ދޭން އަލުން ފަށާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ނަމަވެސް އެމަނިކުފާނުގެ ވެރިކަން ވެސް ނިމިގެން ދިޔައީ މަރުގެ އަދަބު ތަންފީޒު ނުކުރެވިއެވެ. އަދި އޭރު މަރުގެ އަދަބު ދޭނެ ގޮތްތަކާއި މެދު ހޫނު ބަހުސްތަކެއް ވެސް ދިޔައެވެ. ރައީސް ޔާމީން އޭރު ނިންމެވީ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށް މާފުށީ ޖަލުުގައި ވަކި ތަނެއް ވެސް ގާއިމް ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: