ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ދެކަނބަލުން މުލިއާގެއިން ނިކުމެވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ މުލިއާގެ ކުރިމަތީގައި/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އަނބިކަބަލުން މެޑަމް ފަޒްނާ އަހުމަދު ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ރަސްމީ ގެކޮޅު މުލިއާގެއިން ނިކުމެވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ވަޑައިގަތީ، މެޑަމް ފަޒްނާގެ ގެކޮޅުކަމަށް ވާ މ. ސަނީއަށެވެ. 2018، ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ދެކަނބަލުން މުލިއާގެއަށް ބަދަލުވީ އެ މަހުގެ 30 ގަ އެވެ.

ގިނަ ޕާޓީތައް ހިމެނޭ ވެރިކަމުގެ ނިޒާމަކަށް ރާއްޖޭގައި ބަދަލުވިފަހުން ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން މުލިޔާގެއަށް ބަދަލުނުވެ އަމިއްލަ ގޭގައި ދިރިއުޅުއްވީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކަންޏެވެ. ރައީސް މުހައްމަދު ނަޝީދު ވެސް ވެރިކަމުގެ ދޮޅު އަހަރު އުޅުއްވީ މުލިއާގޭގަ އެވެ.

ނަމަވެސް 17 ނޮވެމްބަރުގައި ހުވާ ކުރައްވާ އާ ރައީސުލްޖުމްހޫރިއްޔާ މި ވަގުތު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވާނެ ވަކި ގެ ކޮޅެއް އަދި ނިންމަވާފައި ނުވެ އެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 73%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: