ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ފޮނިމީރުކަން ލިބޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން: އިންތިހާބީ ރައީސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: އަލްޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނީ ސަރުކާރާއި ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެންކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ދެއްވި ހާއްސަ މެސެޖެއްގައި އިންތިހާބީ ރައީސްވަނީ އެންމެހާ ރައްޔިތުންނަށްވެސް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ޖުމްހޫރީ ވެރިކަމުގެ ފޮނި މީރުކަން ލިބިގެންދާނީ ސަރުކާރާއި ރައްޔިތުން ގުޅި ގައުމު އިސްކޮށް ކުރިއަށް ގޮސްގެންކަމަށެވެ.

އިންތިހާބީ ރައީސް ވިދާޅުވީ، މިއަދާއި ހިސާބަށް ޖުމްހޫރީ ނިޒާމު ގެނެސްދެއްވި ރައީސުންނަށާއި ކެބިނެޓުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ އިތުރުން ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިން އަދި ޖުމުލަގޮތަކަށް ގައުމުގެ މިހާ ހިސާބަށް ގެނައުމާއި ޖުމްހޫރީ ވެރިކަން މިހާ ހިސާބަށް ގެނައުމުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާކަމަށް ފާހަގަކުރެއްވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަށް ހަމަޖެހުން ބޭނުންވާކަމަށެވެ. އަދި ގައުމު ކުރިއެރުވުމުގައި އެންމެން އެކަތިގަނޑަކަށް ވާން ޖެހޭކަމަށާއި އެހެންކަނުން އެގޮތުގެ މަތިން އަމަލުކުރުމަށް ތަހުނިޔާ އަރިސްކުރަމުން އިލްތިމާސްކުރައްވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: