ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ކުއްލި ހާލަތަކީ ރާއްޖެ ފަދަ ގައުމުތަކަށް ބޮޑު ނުރައްކަލެއް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކުއްލި ހާލަތަކީ ދިވެހިރާއްޖެއާއި ރާއްޖެ ފަދަ ތިރި ގައުމުތަކުގެ ދެމިއޮތުމަށް ބޮޑު ނުރައްކަލެއްކަމަށް މަޖިލީހުގެ ރައީސް އަދި ކްލައިމެޓު ވަނަރަބަލް ފޯރަމްގެ ބާނީ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކްލައިމެޓް ވަނަރަބަލް ފޯރަމް(ސީވީއެފް) އިންވަނީ އެ ޖަމިއްޔާގެ ބާނީ މުހައްމަދު ނަޝީދު އަދި ކޮޕް28 ގެ ރައީސް ޑރ ސުލްތާން އަހުމަދު އަލް ޖާބިރު ޑުބާއީގައި ބައްދަލުކުރެއްވިކަން ހާމަކޮށް އެ ބައްދަލުވުމާއި ގުޅޭ ބައެއް ތަފްސީލުތައް ހިއްސާކޮށްފައެވެ. އެގޮތުން ޑރ އަލް ޖާބިރުގެ ބެއްލެވުމުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާ އޭނާ ނިސްބަތްވާ ޖަމިއްޔާ ކޮޕްއިން މޫސުމީ ބަދަލުތަކުގެ ސަބަބުން ދަތިތައް ކުރިމަތިވާ ކްލައިމެޓު ވަނަރަބަލް ފޯރަމްގެ 68 މެމްބަރު ގައުމަށްވެސް އެދެވޭ ނަތީޖާތަކެއް ނުކުންނާނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިދިޔަ 20 އަހަރެއްހާ ދުވަހުގެ ތެރޭގައި މޫސުމީ ކަންކަމާއި ގުޅުވައި ސީވީއެފްގެ ގައުމުތަކުގެ އަތުން 500 ބިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ހަރަދުވެ ގޮސްފައިވާކަމަށެވެ. އެހެންނަމަވެސް އެ ގައުމުތަކުގެ ސަބަބުން ގެއްލުން ދެނިވި ގޭސްތައް އުފެދޭ މިންވަރުތައް ދަށްކަމަށާއި، އެ ގައުމުތަކަށް ދަރަނީގެ ދަތިތައް ކުރިމަތިވެފައިވާއިރު، މޫސުމީ ކާރިސާތަކުގެ ސަބަބުން މާލީ ހާލަތު އިތުރަށް ގޯސްވެގެންދާކަމަށް ފާހަަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ހޫނުވެގެންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައްވެސް އަތުން ބީވެގެންދާން ފަށާފައިވާކަމަށެވެ. އެހެންކަމުން ކޮންމެ ގައުމަކުންވެސް ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން ގޭސް އުފައްދާ މިންވަރުތައް 2030 ވަނަ އަހަރުގެ ނިޔަލަށް ދެބައި ކުޅައަށް އެއް ބަޔަށް ތިރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކުއްލި ހާލަތަކީ ރާއްޖެ ފަދައިން ތިރިކޮށް ހުންނަ ޖަޒީރާ ގައުމުތަކުގެ ދެމެހެއްޓިނިވިކަމަށް ބޮޑު ނުރައްކަލެއްކަމަށެވެ. އަދި އެމަނިކުފާނާއި ޑރ އަލް ޖާބިރު ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރެއިން އެ ހިޔާލުތަކާއި އޭނާ އެއްބަސްވެވަޑައިގަންނަވާކަން އަދި އެ ކަންބޮޑުވުންތައް ގެންގުޅުއްވާކަން އެނގިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ތެލުން ހަކަތަ އުފެއްދުމާއި ދުރަށް ދާންޖެހިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: