ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ނަޝީދު ރިޔާސަތުގައި އިންނަވަން ދައްކަވާ ބަހަނާ: ޝަފީޢު

ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިނގަމުން މިދާ ބަހުސްއަކީ މިއަދުގެ މަޖިލިހުގެ ޖަލްސާގައި ކުރިއަށްދާން ޖެހޭ ބަހުސްއެއް ނޫންކަމަށާއި، މި ގަރާރު ހުށަހެޅުމާއި އެކީގައި މި ގަރާރަކީ ޤާނޫން އަސާސީގެ 82 ވަނަ މާއްދާގެ (ބ)ގެ ދަށުން ހުށަހެޅޭ ގަރާރެއް ނޫންކަމަށް ވާނަމަ، މަޖިލީހުގެ އިދާރާއިން މިކަން ފާހަގަކުރާނެކަމަށާއި މިއީ ރައީސް ނަޝީދު ރިޔާސަތުގައި އިންނެވުމަށް ދައްކަވާ ބަހަނާތަކެއްކަމަށް ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝަފީޢު ވިދާޅުވެއްޖެއެވެ.

މި ގަރާރު މަޖިލީހުގައި ކުރިއަށްދާން ޖެހޭކަމަށް ކަނޑައްތުކުރަން ޖެހޭ ހުރިހާ މަރުހަލާއެއް އެމްޑީޕީއިން ކަނޑަަށްތުކޮށްފިކަމަާއި މިއަދުގެ ޖަލްސާގައި މިމައްސަލައިގައި ކުރިއަށްދާންޖެހޭނީ ވޯޓު ނެގުމުގެ މަސައްކަތްކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.

“ މިއީ ބަހުސެއް އޮތް މައްސަލައެއް ނޫން. އެ މަރުހަލާ ނިމިއްޖެ. މި ވާހަކަ މިތާ ދައްކާކަށް ނުޖެހޭ. އަޅުގަނޑުމެންނަށް މި ފެންނަނީ ބަހަނާ ދައްކަވަމުންދާތަން. ރިޔާސަތުގައި އިންނެވުމަށް ބަހަނާ ދައްކަމުންދާ މަންޒަރު މި ފެންނަނީ“. ޝަފީޢު ވިދާޅުވިއެވެ.

ފުރަތަމަ މި މައްސަލަ ހުށަހެޅުމުން ވިދާޅުވީ ރައީސްއާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށަނޭޅޭނެކަމަށް ބުނެ މައްސަލަ ދިގުދަންމަން ރިޔާސަތުން މަސައްކަތްކުރެއްވި ކަމަށް ޝަފީޢު ވިދާޅުވިއެވެ. އަދި ކޮމިޓީތައް ހުއްޓުވައި، މި މައްސަލަ ސުޕްރީމް ކޯޓާއި ހަމައިން ނިމިގެން އައުމުންވެސް އަނެއް އެހެން ބަހަނާއެއް ދަައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަފީޢު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ މަޖިލީހުގެ މެމްބަރުންށް ހުށަހެޅޭނެ މަޖިލީހުގެ ގަވައިދު ލާޒިމްކުރާ މެމްބަރުންގެ ހައްގެއްކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުގެ ހުކުމަށްފަހު މިއަދަށް އެޖެންޑާ ކުރެވި މިއަދުގެ ޖަލްސާ ފެށުމާއި އެކު ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެމްބަރު މެދު ހެންވޭރު ދާއިރާގެ ެމެމްބަރު އަލީ އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ގަރާރެއް ކަމެއް ކުއްލި މައްސަލައެއް ކަމެއް ސާފު ނުވާ ކަމަށެވެ. މަޖިލީހަށް ހުށަހެޅޭ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ ޖަވާބުގައި ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ މި އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާފައިވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އާޒިމް ނެންގެވި ނިޒާމީ ނުކުތާއާއި އެކު މަޖިލީހުގެ ތަޅުމުގައި މެމްބަރުން އަޑުގަަކުރެއްވުމާއި އެކު ޖަލްސާ ކުރިއަށްނުގެންދެވިގެން މި ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާއި ހިލާފަށްކަމަށް ވިދާޅުވެ ރިޔާސަތުން ވަނީ ޖަލްސާ މެދުކަނޑާލައްވާފައެވެ.

 

 

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: