ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލިކަން ރިޔާސަތުން އިއުލާން ކުރި ނަމަވެސް، 11:30 ގައި އަނެއްކާވެސް ޖަލްސާ ފެށުމަށް ނިންމައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރާ ގަރާރު ހުށައަޅާފައިވަނީ ގަވާއިދާއި ހިލާފަށްކަމަށް އޭރު ރިޔާސަތު އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މިގޮތަށް ނިންމެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއަކަށް ފަހުއެވެ.
މިގޮތަށް އިއުލާން ކުރުމަށްފަހު އަނެއްކާވެސް ޖަލްސާ 11:30 ގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގެ އެޖެންޑާ މިހާރު ވަނީ އާންމުކޮށްފައެވެ.
އެޖެންޑާގައި އޮތީ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް ނަޝީދު ވަކިކުރާ މައްސަލައެވެ.

