ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ފޮރުވިފައިވާ ހީލަތްތެރި އެޖެންޑާއެއް އެބައޮތް: ޑރ. ޑީޑީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށް އެދާ ހުދުމުހުތާރު ރިޔާސަތުގެ އަމަލުތަކަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރުމުގެ ޖަލްސާއަށް ނުފޫޒު ފޯރުވުމަށް ރައީސް ނަޝީދު ގެ ފޮރުވިފައިވާ ހީލަތްތެރި އެޖެންޑާއެއްގެ ދަށުން ހިނގާ ކަންތައްތަކެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު ނިމުމާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ބަރުލަމާނީގެ ވޯޓަކަށް އެދިވަޑައިގަތްކަމަށެވެ. އެހެންނަމަވެސް ރައީސް އެކަމަށް އެއްބަސް ނުވުމުން ދެވަނަ ބުރު ނިމި އިންތިހާބީ ރައިސް ގެ ހުވާ ގެ ކުރިން ބަރުލަމާނީ ވޯޓު ނެގުމަށް އަލުން ރައީސް ނަޝީދު އެދިވަޑައިގަތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެކަމަށް ވޯޓަކަށް އެހުމުން ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުން ބަރުލަމާނީއަށް ނޫނެކޭ ބުނި ކަމަމށް ޑީޑީ ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން  ރައީސް ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމަކަށް ދާންކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށްގޮސް ރައްޔޮތުންގެ މެޖޯރިޓީ ލިބޭނެކަމަށާއި ބޮޑު ވަޒީރުކަން ލިބޭނެ ކަމުގެ ހުވަފެންފުޅު ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްވެސް ނުވަތަ ރައީސް ސާލިހް ވެސް އެކަން އެގޮތަށް ވާން ނޭދޭ ކަމަށާއި އަދި ސަރުކާރުގެ ހަރަދު ބޮޑު ވެފައި ވާއިރު އެވަރުގެ ބޮޑު ހޭދައެއް ކުރައްވަން ބޭނުންފުޅު ނުވާކަމަށްވެސް ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމުގެ ކަންކަން ކާމިޔާބު ނުވުމުން މިހާރު އުޅުއްވަނީ އިންތިހާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އަޅުއްވަން ކަމަށެވެ. 17 ނޮވެމްބަރުގެ މެންދުރު 12 ގެ ކުރިން ހުވާ ނުކުރެވިއްޖެނަމަ ހުސް ކަމެއް އަންނަ ކަމަަށް ވިދާޅުވެ ޑީޑީ ވިދާޅުވީ ގާނޫނު އަސާސީ ގެ ތެރެއިން ރައިސް އަދި ނައިބުރައީސް އަށް މަގާމު އަދާނުކުރެވޭ ހާލަތެއްގައި އެކަން މަޖިލީހުގެ ރައިސްއަށް އަންނަކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު އުޅުއްވަނީ އެފަދަ ހަނި ފުރުސަތެއް ހޯއްދަވަން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޕްރޮޕެގެންޑާއަކީ އެމްޑީޕީގެ ބޮލުގައި ކަންކަން އެޅުވުން ކަމަށް ވިދާޅުވިއެވެ. މަޖިލީހުގައި ރައިސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދިޔަ މައްސަލަޔަށް ޑރ.ޑީޑީ ވިދާޅުވީ ރައީސް ނަޝީދު އާއި އީވާ ކަން ކުރައްވާ ހުރިހާ ޕްލޭނެއް އެނގޭ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ޕީޖީންނާއި އަދި ރައީސް ސާލިހްވެސް ބާރު އަޅުއްވަނީ ޑިމޮކްރެސީގެ ރިވެތި އުސޫލުން ކަންކަން ކުރައްވަން ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

މަޖިލީހުގައި ހިނގަމުންދާ މައްސަލަ އެހެންކަމުން ދިގުލައިގެން ދާކަމަށް ފާހަގަކޮށް އެ މައްސަލައިގައި ރިޔާސަތުން ކަން ކުރެއްވީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވިއެވެ. ޑރ.ޑީޑީ ވިދާޅުވީ އަލީ އާޒިމް ނިޒާމީ ނުކުތާ ނެންގެވި ނަމަވެސް ވަގުތު ދުއްވާލުމުގެ ނިޔަތުގައި ރިޔާސަތުގައި އިންނެވި ހަސަން އަފީފް އެހެން މެންބަރުންނަށް ބަހުސް ކުރުމަށް ވަގުތު ދެއްވި ކަމަށް ވިދާޅުވިއެވެ. އަދި މަޖިލީސް ނިންމާލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއަކީ ރަނގަޅު ނުކުތާއެއްކަމަށް ފާހަގަކޮށް ހުށަހެޅި ގަރާރަކީ ގޯސްކޮށް ހުށަހެޅި ގަރާރެއްކަމަށް ފާހަގަކޮށް ކަމަށް ވިދާޅުވެއެވެ. އެޖަލްސާ ނިންމާލުމުން މަޖިލީހުގެ އިދާރާއިން ދެވަނަ ޖަލްސާއެއް އެޖެންޑާ ކުރުމުން އެ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ މަރަދޫދާއިރާގެ މެންބަރު ޝަރީފް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މަޖިލީހަށް ސަލާމް ފޮނުވުމަށް ފަހުވެސް އީވާ ޖަލްސާއަށް ވަޑައިގަތީ އެފުރުސަތު ޝަރީފަށް ނުދޭންކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: