ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫނަށް ޕީޕީއެމްގެ ތެރޭގައި ކަންވެގެންދިޔަ ގޮތަށް ރައީސް ނަޝީދަށް ވުމަކީ އެކަށީގެންވާކަމެއް: ޑރ ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ ޑީޑި ސަނގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫނު އަބުލްގައްޔޫމާއިމެދު ޕީޕީއެމްގެ ތެރޭގައި ކަންވެގެން ދިޔަ ގޮތަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއިމެދު އެމްޑީޕީގެ ތެރޭގައި ކަންވެގެންދިއުމަކީ ވަރަށް އެކަށީގެންވާކަމެއްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ޕާޓީގެ ރައީސް އާއި އިސް ލީޑަރުގެ ދެމެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިޥާއިރު، ރައިސް ނަޝީދު ގެންދަވަނީ ރައީސް ސާލިހާއި ދެކޮޅަށް ފާޅުކަން ބޮޑުގޮތެއްގައި ވާހަކަދައްކަވަމުންނެވެ. އަދި “ފިކުރެއްގެ ދިރުން” މި ނަމުގައި ޕާޓީގައި އިތުރު ހަރަކާތެއް ކުރިއަށްގެންދަވަމުންދާއިރު، ޕާޓީގެ ބައެއް މެންބަރުން ފާހަގަކުރައްވާ ގޮތުގައި މިއީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފުކަމެކެވެ. އެހެންކަމުން ރައީސް ނަޝީދަށް ފިޔަވަޅުއަޅައި އެމަނިކުފާނު އެމްޑީޕީއިން ބޭރުކޯށްފާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މީގެ ކުރިން އެމްޑީޕީއިން ވަކިކުރެވިގެންދިޔަ ބޭފުޅުނާއިމެދު މާޒީގައި ކަންވެގެން ދިޔަ ގޮތައް ރައީސް ނަޝީދަށް ކަންވަމުންދާކަމަށާއި، އަދި މިއީ އޭރުގެ އެކަންކަމުގެ ބަދަލު ހިފުމުގެ ރޫހުގައި ކުރައްވާ ކަންތައްތަކެއްކަމަށް ބައެއް ބޭފުޅުން ފާހަގަކުރައްވަައެވެ.

އޭރު ޕާޓީއިން ވަކިކުރި މެންބަރުގެ ތެރޭގައި ހިމެނޭ ޑރ ޑީޑީ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މީގެ ކުރިން ޕާޓީގެ މެންބަރުންނާއި މެދު ކަންވެގެން ދިޔަ ގޮތަށް ރައީސް ނަޝީދަށްވެސް ކަންވެގެން ހިނގައިދާނެކަމަށް އެމަނިކުފާނަށް ހީފުޅުވެލައްވާކަމަށެވެ. އަދި ރައީސް ނަޝީދު ޕާޓީގެ އިސް ލީޑަރުކަމުގެ މަގާމުގައި ހުންނަވާ މެންބަރުންނާއިމެދު ކަންކުރެއްވި ގޮތަށް މިހާރު ހުންނެވި އިސް ލީޑަރު ކަންކުރައްވާފާނެކަމަށްވެސް ރައީސް ނަޝީދަށް ގަބޫލުކުރެވޭކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހީވާނީ ހަމަ ކެޔޮކަނޑު ކަނޑާފާނޭ. އެހެންވީމަ އެކަހަލަ ގޮތަކަށް ރައީސް ނަޝީދަށް ހީފުޅުވަނީ.

ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމަށް މީހަކު ހޮވުމަށްޓަކައި ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އިޝާރާތްކުރައްވާ ޑރ ޑީޑީ ވިދާޅުވީ، އެ އިންތިހާބުގެ ތެރޭގައިވެސް ރައީސް ނަޝީދު ޕާޓީއިން ބޭރުކުރުމަށް މަސައްކަތްކުރާކަމުގެ ތުހުމަތު އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ރައީސް ސާލިހަށް ކުރެއްވިކަމަށެވެ.

ނަމަވެސް ކަންވީ ދިމާ އިދިކޮޅަށްކަމަށާއި، ރައީސް ނަޝީދު ޕާޓީއިން ވަކިނުކުރައްވާކަމަށް ފާހަގަކުރައްވާ ޑރ ޑީޑީ ވިދާޅުވީ މިއަދު ޕާޓީގެ އިސް ލީޑަރު ރައީސް ސާލިހަކީ ޕާޓީގެ އަސާސީ ގަވާއިދަށް އިހުތިރާމުކުރައްވާ، ޕާޓީގެ އެއްވެސް މެންބަރަކާއިމެދު އިހާނެތިކޮށް ކަންތައްކުރައްވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި ޑރ ޑީޑީ ފާހަގަކުރެއްވީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އިންނަވަން އިތުބާރު ނެތްކަމަށް ޕާލިމަންޓު ގުރޫޕުން މެންބަރުންވެސް ހަމަކުރިކަމަށެވެ.

އެހެން ނަމަވެސް ޕާލިމަންޓު ގުރޫޕުގެ މެންބަރުންނަށް ރައީސް ސާލިހު އިލްތިމާޒްކުރެއްވީ ކެތްތެރިވުމަށްކަނަށް ޑރ ޑީޑީ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމަށް ބޭނުންފުޅުވެނުލައްވާކަމަށް ރައީސް ސާލިހު ވިދާޅުވިކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ޕާޓީގެ އާންމު މެންބަރުން އެންމެ ފަހު ވަގުތާއި ޖެހެންދެން ޕާޓީގެ އިސް ލީޑަރު އެ ވިދާޅުވާ ކެތްތެރިކަމުގަ މަޑުން ތިއްބެވިއެއްކަމަކު މި ކެތްތެރިކަން ކޮޅުންލާ ހިސާބަށްދާނެ. އެހިސާބުން ރައީސް މައުމޫނަށް ޕީޕީއެމްގެ ތެރޭގައި ކަންވެގެންދިޔަ ގޮތަށްވުމަކީ ވަރަށް އެކަށީގެންވާކަމެއް.

ރައީސް ނަޝީދު ކަނޑައެޅިގެން ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެފައިވާކަމަށާއި، މީޑިއާތަކުގައިދައްކަވާފައިވާ ވާހަކަތަކުންވެސް އެކަމަށް ހެކިދޭކަމަށް ޑީޑީ ވިދާޅުވިއެވެ. އެގޮތުން ޑީޑީ އިޝާރާތްކުރެއްވީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށެވެ. އަދި ވަކި ކެނޑިޑޭޓަކު ހޮވިވަޑައިގަތުމުން އެ ކެނޑިޑޭޓާއިއެކު މަސައްކަތްނުކުރައްވާނެކަމަށާއި، އެހެން ޕާޓީތަކާއިއެކު މަސައްކަތްކުރެއްވިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށް ޑީޑީ ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲވެސް ހަމަ އެމޭރުމުން ވާހަކަދައްކަވާފައި ހުރިކަމަށް ޑީޑީ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުއްވުމުގެ ވިސްނުން ރައީސް ސާލިހުގެ ނެތްކަމަށް ވިދާޅުވެ ޑީީޑީ ފާހަގަކުރެއްވި ގޮތުގައި ރައީސް ނަޝީދާއި ރައީސް ސާލިހު އިސް ލީޑަރުކަން ކުރައްވާ ގޮތް އުޑާއި ބިމާހާ ތަފާތެވެ.

މީގެ އިތުރުން ޑީޑީ ވަނީ ޕާޓީގެ ތެރޭގައި ރައީސް ނަޝީދު އޭނާއަާއި ދެކޮޅަށް ކުރެއްވި މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އޭނާ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވުމުން ވާދަވެރި ކެނޑިޑޭޓަށް ފާޅުގައި ކެމްޕެއިންކޮށްދެއްވިކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ރައީސް އޮފީހުގައި މަސައްކަތްކުރައްވާ ބޭފުޅުން ޕާޓީގެ އޮފީހަށް ގެނެސް އިންތިހާބު ގަނޑުބަނޑު ކުރަންވެސް ރައީސް ނަޝީދު އޭރު މަސައްކަތްކުރެއްވިކަމަށް ޑީޑީ ތުހުމަތުކުރެއްވިއެވެ.

މިއާއި ހިލާފަށް ރައީސް ސާލިހަކީ ވަރަށް ހިތްތިރި އޯގާތެރި އަދި އިހުލާސްތެރި ބޭފުޅެއްގެ ގޮތުގައި ޑީޑީ ސިފަކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ގެންދަވަނީ އެ އޯގާތެރިކަމާއި އިހުލާސްތެރިކަމުގެ ނާޖާއިޒު ފައިދާ ނަގަމުންކަމަށެވެ. ނަމަވެސް ވަކި ހިސާބަކަަށް ކަންކަން ދިއުމުން ރައިސް ސާލިހު އިލްތިމާޒްކުރެއްވި ކެތްތެރިކަން ކޮޅުން ލައިގެންދާނެކަމަށް ވިދާޅުވިއެވެ. އެހިސާބުން ޕީޕީއެމްގެ ތެރޭގައި ރައީސް މައުމޫނާއިމެދު ކަންވެގެން ދިޔަ ގޮތަށް ރައީސް ނަޝީދަށްވުމަކީ އެކަށީގެންވާކަމެއްކަމަށް ޑީީޑީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: