ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫއުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިހާބުވެ ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ރައީސް ގެ މަގާމަށް ބޭފުޅަކު އަޔަނުކުރުމަށް ބޭއްވި ޖަލްސާގައިވަނީ ގެ ވޯޓުން މުހައްމަދު އަސްލަމް ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަންނަވާފައެވެ. ރައީސަކު އިންތިހާބު ކުރުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ މެންބަރުންނެވެ. އަސްލަމްއަށް 53 ވޯޓު ދެއްވާފައި ވާއިރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއަށް ލިބިވަޑައިގެންފައިވަނީ 23 ވޯޓެވެ.
ރައީސް ނަޝީދު އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އިރު މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ހުންނެވިކަމުގެ އަޑުތަށް ވަނީ ފެތުރިފައެވެ. އަދި އެމްޑީޕީގެ ޕީޖީންވެސް އެންމެ އިތުބާރު ކުރާ މެންބަރަކަށް ހުންނެވީވެސް އަސްލަމެވެ.
އަސްލަމަކީ 2005 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި މެދުކެނޑުމެއްނެތި ހިދުމަތް ކުރައްވަމުން އަންނަ މެންބަރެއްކަމަށް ނައިބުރައީސް އީވާވެސް ފާހަގަ ކުރެއްވިއެވެ. އަދި މަޖިލީހުގެ ގިނަ ކޮމިޓީ ތަކުގައި މަސައްކަތް ކުރައްވާ ޕާލިމަންޓަރީ ގިރޫޕުގެ ރައީސް ކަން ވެސް ކުރައްވާފައިވާ މެންބަރެކެވެ.

