ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީިހުގެ ބާރުތައް ދޫކޮށް، ގޮން ޖެހުމުގެ ފުރުސަތެއް އަމީރުއަށް ނެތް: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުގެ ނިޒާމު ގެއްލުވާލުމުގެ އެއްވެސް ފުރުސަތެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއަށް ނެތްކަމަށް ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ މަސައްކަތާއި، ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން މިއަދުގެ ޖަލްސާގައި އޮތް އިރު ޑިމޮކްރެޓްސްގެ މެމްބަރުން ދިޔައީ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަމުންނެވެ. އަދި އެބޭފުޅުން ވިދާޅުވަމުން ގެންދެވީ، ވެންޓިލޭޓަރު ހިޔާނާތަށް ވީ ކިހިނެއްތޯ އާއި އަމީރު ހުންނެވީ ސަރުކާރަށް ސިޔާސީ މަންފާ ނަންގަވައިދެއްވަން ކަމަށެވެ.

ނިޒާމީ ނުކުތާތައް ނަންގަވައި، މެމްބަރުން ނުރުހުންފާޅު ކުރިއިރު ފުރުސަތަކަށް އެދިވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ފުރަތަމަ ތަހުގީގު ކުރަން ވީ އަމީރު މަޖިލީހުގެ ގަވައިދާއި ހިލާފުވި މައްސަލަ ކަމަށެވެ.

މާލިއްޔަތުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ ނޮވެމްބަރު 1 ގެ ކުރިން މަޖިލިހަށް ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރަށް ލާޒިމްވެއެވެ. އެކަމަކު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްވި ލަފައަކާ ގުޅިގެން ބަޖެޓު ހުށަހެޅުއްވުމަށްޓަކައި އަމީރު މަޖިލިހަށް ވަޑައިނުގަންނަވައެވެ. ބަންޑާރަ ނައިބު އޭރު ވިދާޅުވެފައި ވަނީ ނަޝީދު، މަޖިލިހުގެ ރައީސް ކަމުން ވަކިކުރުމަށް ހުށަހަޅާފައި އޮތް މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު މައްސަލައެއް މަޖިލިހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލިއްޔަތުގެ ގާނޫނުގައި ބަޖެޓު ހުށަހަޅަންވީ ދުވަސްތައް ބަޔާންކޮށްފައިވާ ކަމަށާއި ސިޔާސީ ބޭނުމެއްގައި އެ ބޭފުޅުން އެކި ގޮތް ގޮތަށް އަނބުރަމުން ގެންދާ ކަމަށެވެ.

“ދިވެހި ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެ. މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެންނަށް ކުރަން އޮތް އެންމެ މުހިންމު ކަންތައް،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެއީ މަޖިިލިހުގައި އޮތް އެންމެ ބޮޑު ނިޒާމީ ނުކުތާއެވެ.

“މަޖިލީހުގެ ބާރުތަކެއް ދޫކޮށެއް ނުލެވޭނެ މާލީ ވަޒީރަކަށް. މަޖިލިހަށް ގޮން ނުޖެހޭނެ،” ނަޝީދު ވިދާޅުވިއެވެ.

މާލީ އިއްވި ވަގުތު، ސަރުކާރާއި އިދިކޮޅު މެމްބަރުން ދިޔައީ ގޮނޑިކޮޅުތަކުން ތެދުވެ މަޖިލީހުގެ ތެރޭގައި އަޑުގަދަކުރައްވަމުންނެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 29%ހައިރާންވެއްޖެ 14%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: