ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައި ވަނީ މާލިއްޔަތު ޤާނޫނާއި ހިލާފަށް: އިލްޔާސް

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރަށް އިތުރަށް ބޭނުންވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަކީ މާލިއްޔަތު ޤާނޫނާއި ހިލާފަށް ޕްރޮގްރާމް ކުރެވިފައިވާ ބަޖެޓެއް ނޫންކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިިނިސްޓަރ އިބްރާހިމް އަމީރު ވަނީ މަޖިލީހަށް ވަޑައިގެން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވާފައެވެ. މިނިސްޓަރ ބަޖެޓް ހުށަހެޅުއްވި ވަގުތު މަޖިލީހުގެ ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ މިނިސްޓަރު ބަޖެޓް ހުށަހެޅުއްވިޔަ ނުދިނުމަށް ދަތި ކުރައްވާފައެވެ. އެގޮތުން

ނިޒާމީ ނުކުތާ ނަންގަވައި އިލްޔާސް ވިދާޅުވީ، ފިނޭންސް މިނިސްޓަރ ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަކީ މާލިއްޔާތު ޤާނޫނާއި ހިލާފަށް ހުށަހަޅާފައިވާ ބަޖެޓެއްކަމަށެވެ.

ހުށަހަޅާފައިވަނީ ޕްރޮގްމްޑް ބަޖެޓެއް ނޫން. ޤާނޫން އަސާސީއާއި މާލިއްޔަތު ޤާނޫނާއި ހިލާފަށް މަޖިލީހަށް ބަޖެޓެއް ހުށަހެޅިގެން ނުވާނެ. އިސްލާހުކޮށް އަލުން ހުށަހެޅުމަށް ގޮވާލަން”. އިލްޔާސް ލަބީބް ވިދާޅުވިއެވެ.

އިލްޔާސްގެ ނިޒާމީ ނުކުތާއަށްފަހު މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި މަޖިލީގެ ކުރީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ މިއީ ބޭނުންކޮށް ނިމިފައިވާ ފައިސާކަމަށާއި، އެ ފައިސާ ހޯދުމަށް ބަޖެޓު ހުށަހަޅާ އުސޫލާއި ހިލާފަށް މިއަދު މަޖިލީހަށް ވަޑައިގެން ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓަކީ ޕްރޮގްރާމްޑް ބަޖެޓެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: