ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ހުށަހަޅާފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ނޫން މިއީ ވައްކަމުގެ ރަސީދެއް: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައެްމަދު ސާލިޙްގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ސްޕްލިމެންޓްރީ ބަޖެޓަކީ ސަޕްލިމެންޓްރީ ބަޖެޓެއް ނޫން އެއީ ވައްކަމުގެ ރަސީދެއްކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓަކީ މި ސަރުކާރުން މީގެ ކުރީ އަހަރުތަކުގައިވެސް ހުށަހަޅާފައިވާ ބަޖެޓެއްކަމަށެވެ. މިއީ މި ސަރުކާރުން އަލަށް ކުރާ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއްކަމަށާއި މި ސަރުކާރުން ކޮށްފައިވާ ވައްކަންތައް ސާބިތު ކުރުމަށް މިއަށްވުރެން ބޮޑު ހެއްކެއް ގަރީނާއެއް އިތުރަށް ބޭނުން ނުވާކަމަށް ވިދާޅުވިއެވެ. ބަޖެޓުން އެނގެނީ ރައިސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ރާއްޖޭގެ ބައިތުލް މާލުން ވަރަށް ބޮޑު އެއްޗެއް ނަގައިފިކަންކަމުގައިވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބަޖެޓުގައި ހުރި ފައިސާއަކީ ސަރުކާރުން ބަހާލަންދީފައިވާ ފައިސޭއެއް ނޫންކަމަށާއި މި ފައިސާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަންނާކަމަށް ހުރި ފައިސާއެއް ނޫންކަމަށް ވިދާޅުވިއެވެ. މި ފައިސާއަކީ އަޅުގަނޑުމެންގެ ގައުމާއި ދަރިންގެ ދަރިންނަށް އަދި ތަރައްގީއަށް ބޭނުންކުރުމަށް ހުރި ފައިސާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކެޔޮކޭވަރު އިނގެނީ ބިތު ފަންގި ނެގޭތީކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ އަންނަ އޮތް ސަރުކާރު އައުމުގެ ކުރިން، މި ސަރުކާރުން ޤާނާއި ގަވައިދާ ހިލާފަށް ކޮށްފައިވާ ޚަރަދުތައް ސާފުވާނެކަަމަށް ފެންނާތީ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް އެބޭފުޅުން ބޭނުންވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ޤާނޫން އަސާސީގެ 96 މާއްދާ ބުނަނީ އެންމެ ލާރި އެއްވެސް ޚަރަދުކުރަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ފާސްކުރާ ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ތަފާސްހިސާބު ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީއިން ނެރެންޖެހޭ އިރު، 44 ވަނަ ހަފްތާއާއި ހަމައަށް ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްގެ ތަފާސްހިސާބު އާންމުކޮށްފައިވާއިރު، އާންމު ކުރެވިފައިވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހާއި ހަމައަށްކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މީގެން އެނގެން އޮތީ ބަޖެޓު އެއްކޮށް ހުސްކޮށްލާފައިވާކަން ކަމުގައި ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ ފައިސާކަމަށާއި ރައްޔިތުންގެ ފައިސާ ޚަރަދުކުރަންޖެހޭނީ އަމާނާތްތެރިކަމާއި އެކީގައިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: