ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހަށް ގިނަ މަސައްކަތްތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ހާމަކޮށްފިއެވެ.

ފުރަތަމަ 100 ދުވަހުގެ ޕްލޭނެއް އިފްތިތާކުރުމަށް ކުރިއަށް ގެންދާ ޖަލްސާއެއްގައި އިންތިހާބީ ސަރުކާރުންވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުުރުމަށްޓަކައި ކަނޑައެޅިފައިވާ މަސައްކަތްތައް ހާމަކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ބޭލުމުގެ މަސައްކަތްތައް އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ހިމަނާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގާއިމުކުރި ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާފަދަ ނުކުތާތަކެއް ހުރި ނަމަ އުވާލުމުގެ މަސައްކަތްތައް ކުރުމަށްވެސް ކަނޑައެޅިފައިވެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިގެންދާ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށްވެސް ކަނޑައެޅިފައިވެއެވެ. އިންތިހާބީ ސަރުކާރުންވަނީ ރާއްޖޭގެ މިސްކިތްތަކުގެ އާބާރުތަ ފިލުވުމުގެ ގޮތުން މިހާރަށްވުރެ ތިން ގުނަ އިތުރަށް ހަރަދުކުރުމަށްވެސް ހިމަނާފައިވާއިރު، މެދު ނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައް ފެށުމަށްވެސް އިންތިހާބީ ސަރުކާރުންވަނީ ރާވާފައެވެ.

އިސްލާމްދީނާއި ގައުމިއްޔަތާއި ދިވެހި ތާރީހަށް ކުދިން އަހުލުވެރިކުރުވުމުގެ ގޮތުން ސުކޫލުތަކުގައި އެކަމަށް ހާއްސަ ޕްރޮގްރާމްތައްވެސް ހިންގުމަށް ކަނޑައެޅިފައިވާއިރު، ދިވެހި ތަރިކަ އާލާކޮށް އިޔާދަކުރުމުގެ ގޮތުން ރާއްޖޭގައި އެކަމަށް ހާއްސަ މަރުކަޒަކާއި ކޮލެޖެއްވެސް ގާއިމުކުރުމަށް ކަނޑައެޅިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: