ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއްކި ވާހަކައެއް ދެއްކީ ހާސިލުކުރުމުގެ ފުރިހަމަ އަމާޒާއިއެކު: އިންތިހާބީ ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު:
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޯޑިއަމްތަކުގައި ދެއްކެވި ކޮންމެ ވާހަކައެއްވެސް ދެއްކެވީ އެ މަސައްކަތްތަކެއް ފުރިހަމަކުރެއްވުމުގެ ފުރިހަމަ އުންމީދާއި އަޒުމާއިއެކުކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހު ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ހާމަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ މުއިއްޒުވަނީ އެމަނިކުފާނު ބަހާއި އެއްގޮތަށް އަމަލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް އިއުލާނުކުރެއްވީވެސް އެ މަގުސަދުގައިކަމަށް ފާހަގަކުރެއްވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ، އިއުލާނުކޮށްފައިވަނީ މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ސާދަ ހަފްތާގެ ތެރޭގައި އެންމެ މަދުވެގެން ކުރައްވާނެ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ. ޑރ މުއިއްޒު ވިދާޅުވީ، އެއީ އެއްގޮތަކަށްވެސް ހަމައެކަނި ކުރާނެ މަސައްކަތްތައް ނޫންކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އެއަށްވުރެ މާ ގިނަ ކާމިޔާބީތައް ހާސިލުކުރާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބަޖެޓާއި އާމްދަނީ ހޯދޭ މިންވަރުގެ އިތުރުން ރާވާ ރޭވުންތަކުގެ އިތުރުން ރައްޔިތުންނާއި އެކު ކުރެވޭ ޕްލޭންތަކުގެ ނަތީޖާއަކަށް ވެގެންދާނީ ފުރަތަމަ 14 ހަފްތާގެ ޕްލޭނަށްވުރެ އިތުރަށްވެސް ހާސިލުވެގެންދިއުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: