ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ފަސް އަހަރު ރައީސް ޞާލިހްގެ މާލީ މިސްރާބު ހުރީ ސިޔާދަތީ ދަރަންޏާއި ދިމާއަށް: ނަޝީދު

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފަސް އަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ މާލީ މިސްރާބު ހުރީ ސިޔާދަތީ ދަރަންޏާއި ދިމާއަށްކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީށް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްނަރު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލިސް ޖަލްސާގައި ކުރީގެ ސަރުކާރުން ހުށަހަޅާފައިވާ 2024 ވަނަ އަހަރުގެ ބަޖެޓް ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހްގެ ސަރުކާރުން 2023 ވަނަ އަހަރު ބަޖެޓްގައި ހިމަނުއްވާފައިވާ ބޭރު ގައުމު ތަކުގެ ހިލޭ އެހީގެ އަދަދުތަކާއި ގައުމަށް ވަދެފައިވާ ފައިސާއާއި ދިމާނުވާކަމަށެވެ އެހެންކަމުން ދިވެހި ގައުމު މިވަނީ ދަރަނި ދަންތުރައެއްގައި ޖެހިފަކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްއްޖެ މިދަނީ މާލީ ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށާއި ކުރީގެ ފިނޭންސް މިނިސްޓާރ އިބްރާހިމް އަމީރު ހައްދަވާފައިވާ ބަޖެޓް އަންދާޒާއަށް ބަލާއިރު މިދިޔަ ފަސް އަަހަރުގެ ތެރޭގައި ބަޖެޓް އެކުލަވާލައްވާފައިވަނީ ރަނގަޅު އަންދާޒާއެއް ކުރެވިގެން ނޫންކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސް ނަޝީދު ފާހަގަކުރެއްވީ ބަޖެޓްގައި ހިމަނާފައިވާ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ލިބޭނެކަމަށް އަންދާކޮށްފައިވާ އަދަދަށް ބަލާއިރު، ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު އެއްވެސް ވަރަކަށް ދިމާ ނުވާކަމަށް ވިދާޅުވިއެވެ. އަދި މި އަދަދު ބެޖެޓުގައި ޖައްސަވާފައިވަނީ އެއްވެސް ދިރާސާއެއް ނުކުރައްވާ ރަމަލު ބަލައިގެން ފާލު ބަލައިގެން ސިހުރު ހަދައިގެން މި ފައިސާ ލިބޭނެކަމަށް ދެކިގެން ކަމަށް ނަޘީދު ވިދާޅުވިއެވެ. އަދި ބަޖެޓް ސަޕޯޓަށް ހޯދަން ބުނި ފައިސާ ހޯދާފައިވަނީ ލޯންގެ ގޮތުގައިކަމަށާއި ގައުމު އިތުރަށް ވީ ދަރަނިވެރިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓަރ ޖެނެރަލްވެސް ވަރަށް ސާފުކޮށް މި ބަޖެޓަށް އަމަލު ކުރުން ބުއްދި ވެރި ނޫންކަަމަށް ވިދާޅުވެފައިވާކަންވެސް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލު ނަސީމް މިހާރުގެ ރައީސް ޑރ.މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އަށް ރުހުން ނުދޭން ގޮވާލައްވާފައިވާތީ މިކަމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ރުހުން ނުދޭންވީ ހައުސިން މިނިސްޓަރަށް ނޫންކަމަށާއި ކުރަންވީ ކަމަކީ ކުރީގެ ހައުސިންގ މިނިސްޓަރުގެ މައްޗަށް ދައުވާ އުފުލަންވީކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަވެސް ދައްކަންވީ މިހާރުގެ މާލީ ވަޒީރާއި ނޫންކަމަށާއި، ވާހަކަ ދައްކަންވީ މި ދަންތުރަ ޖެއްސި މާލީ ވަޒީރާއިކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ މާލިއްޔަތު ހަރާބުގެ މަގަށް ގެންދިޔައީ އެ ބޭފުޅުންކަމަށާއި މި ވާހަކަތައް ދައްކަންޖެހޭނީ ކުރީގެ ސަރުކާރުގެ ވަޒީރުންނާއިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: