ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފުރަތަމަ ބެޗް ހިލޭ ހައްޖަށް ފޮނުވަނީ

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ދައުރުގައި ހިލޭ ހައްޖަށް ގެންދާ ފުރަތަމަ ބެޗް އަންނަ އަހަރު ހައްޖަށް ފޮނުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައިސް މުއިއްޒުގެ ވައުދުފުޅު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށާއި ހިލޭ ހައްޖަށް ފޮނުވާ ފުރަތަމަ ބެޗްގެ މިއަންނަ ހައްޖުގައި ފޮނުވޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. މުލަކުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިޔުމުގެ ތަނަވަސްކަން ނެތް ވަރަށް ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށާއިި ސަރުކާރުގެ އެފަދަ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން އަމިއްލައަށް އެފޯޑް ނުކުރެވޭވަރުގެ މީހުން ސަރުކާރުގެ އެހީގައި ބަހާލައިގެން ފަސް އަހަރުތެރޭ 1000 މީހުން ހައްޖަށް ފޮނުވަން އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

މީގެއިތުރުން ހައްޖު ކޯޕަރޭޝަން ހިންގުން ހަރުދަނާ ކުރެއްވުމަށް ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް އުފައްދަވާ، އެ ފަންޑުން އެކި ކަންކަމަށް އިންވެސްޓުކޮށް ހައްޖު ކޯޕަރޭޝަނަށް ފައިސާ ލިބޭނެ ގޮތް އިންތިޒާމުކުރައްވާނެ ކަމުގައިވެސް ރައީސް ވަނީ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަމަލުކުރަން ވަޒީރު ވަނީ މިހާރު މަސައްކަތް ފައްޓަވައިފައެވެ. އެގޮތުން ރައީސްގެ ވައުދުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަގުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާތީވެ، މިސްކިތް ފަންޑުގެ ދެވަނަ ވަގުފު ބިލްޑިން އަންނަ ޖެނުއަރީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ކޯޓާގެ ރަސްމީ އަދަދު ހަމަ ޖެހުމުން ދެން އަންނަ ހައްޖެއްގައި ފޮނުވާނެ އަދަދަދު ސަރުކާރުން އިއުލާންކުރެވޭނެއެވެ. އަދި މިކަމަށް މީހުން ކަނޑައަޅާ އުސޫލު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ދޭ ހައްޖު ކޯޓާގެ އަދަދު އިތުރުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ރާއްޖެ އަށް ދެނީ 1،000 ކޯޓާއެވެ. އެ އަދަދު އިތުރު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސައުދީއާ އެކު ވާހަކަ ދައްކައި މަޝްވަރާ ވެސް ކުރިއެވެ. އެކަމަކު، ސައުދީން އެކަން ހަމަޖައްސާދީފައެއް ނުވެއެވެ.

ވަރަށް ގަދަ
58%ވަރަށް ގަދަ 26%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 5%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: