ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުން ނޫނީ އެހެން ގޮތަކަށް ނަމަވެސް ވައުދުތައް ފުއްދާނަން: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުގެ ސަބަބުން ދަތިތައް ކުރިމަތިވެގެންދާނަމަ ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވުމަށް އެހެން ފައިނޭންސިންގް އޮޕްޝަންތައް ހޯއްދަވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ މަކުނުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސްވަނީ ރާއްޖޭގެ މާލީ ހާލަތުގެ ސަބަބުން މަަސައްކަތްތައް ކުރުމުގައި ގޮންޖެހުންތައް ހުރިކަން ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންފައިވާ ގޮތުގެ މަތިން ހުރިހާ ވައުދުތައް ފުއްދަވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ބަޖެޓުން ޖާގަ ލިބުމުގައި ދަތިތައް ހުރިކަމަށެވެ. އެހެންނަމަވެސް ބަޖެޓުގެ ތެރެއިންނާއި އެހެނިހެން ފައިނޭންސިންގް މޮޑެލްތައް މެދުވެރިކޮށްނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެހެން ބޭނުން ޖެހިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަކުނުދޫގެ މަގު ހެދުމުގެ މަސައްކަތްތައް އެ ރަށުގެ ތަރައްގީއަށް މުހިންމުކަމަށެވެ. އެހެންކަމުން ރަށުގެ މައި މަގުތަކުގައި ތާރަ އަޅައިދެއްވާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ ރަށެއްގައިވެސް ސިއްހީ ނިޒާމު ހަރުދަނާކޮށްދެއްވުމަކީ ފުރިހަމަކޮށްދޭންޖެހޭ އަސާސީ ހިދުމަތެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ކެމްޕެއިން ތެރޭގައި އަޅުގަނޑުވީ ހުރިހާ ވައުދެއްވެސް އިރާދަކުރެއްވިއްޔާ ފުއްދާނެމޭ، ސަރުކާރުގެ ބަޖެޓުން ޖާގަ ލިބުމުގައި ދަތިކަން އެބަ ހުރި އެހެންނަމަވެސް ބަޖެޓުގެ ތެރެއިންނާއި އެހެނިހެން ފައިނޭންސިންގް މޮޑެލްތަކުން އަޅުގަނޑު މި ބަލަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިކަހަލަ ހުރިހާ މަސައްކަތްތަކެއްކުރަން

ރައީސް ވިދާޅުވީ، މަކުނުދޫގައި މުޅިން އައު ސިއްހީ މަރުކަޒެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން އެ ގޮތުގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތްތައްވެސް ކުރައްވަމުންދާނެކަމަށާއި ޑޮކްޓަރުން އިތުރުކުރުމާއި ބައެއް ހިދުމަތްތައް ދޭން ފެށުން ފަދަ މަސައްކަތްތައް ފެށުމަށް ހެލްތު މިނިސްޓަރާއި މަޝްވަރާކުރައްވާ ބާރު އަޅުއްވާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިނިސްޓަރާއިއެކު މަޝްވަރާތައް ކުރައްވައިގެން ދެމުންދާ ހިދުމަތުގެ ފެންވަރުވެސް ރަނގަޅުކުރުމަށް މަސައްކަތްތައް ކުރައްވާނެކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން މަކުނުދޫގައި ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް ބިނާކޮށްދެއްވާނެކަމަށާއި އެ މަސައްކަތްތައް ނިމޭއިރު ރަށުގައި ތިބެގެން ލިބިގަނެވޭނެ ފަދަ ހުރިހާ ހިދުމަތެއް އެތަނުން އިންތިޒާމު ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: