ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ދިފާއުގައި އަބްްދުއްރަހީމް ވިދާޅުވީ ގައުމު ކޮންމެ މީހަކަށްވުރެ ވެސް ބޮޑު ކަމަށް

ޕޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހަކަށް ވުރެވެސް މި ގައުމު މާ މުހިންމުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ޖެހުނު މައްސަލަތަކާ އެކު ޕާޓީ ދޫކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައު ޕާޓީއެއް އުފައްދަވަން ނިންމަވާފައި ވާއިރު ސަރުކާރުގެ ދިފާއުގައި ވަޒީރުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސްގެ ދިފާއުގައި އަބްދުއްރަހީމް ވަނީ ޕީޕީއެމް/ޕީއެންސީއަކީ ގައުމު އިސްކުރާ ދެ ޕާޓީ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް މުއިއްޒާއި އެކު ސާބިތުވެ ތިބޭނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރު ވެގެން ދާނީ ދިވެހި ގައުމީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް ކަމަށާއި އަދި ފަސް އެނބުރި ބެލުމެއް ނެތި ވަޑައިގަންނަވާނީކުރިއަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ރައީސް މުއިއްޒުގެ ސަރުކާރާއެކު ސާބިތުވެ ތިބުން ކަމަށް ވިދާޅުވެފައެވެ.

މީގެއުތުރުން ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ޖެހުނު މައްސަލަތަކާ އެކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވަފައި ވާއިރު އާ ޕާޓީގެ ލޯގޯ އާއި ނަންވެސް ފައިނަލްކަމަށް މުހައްމަދު މަލީހް ޖަމާލް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: