ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް މަސް ނުވަނީސް ވެރިކަން ވައްޓާލަން ގޮވާލުން ބަލައެއް ނުގަންނާނަން: އަބްދުއްރަހީމް

ސޕެޝިއަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބދުއްﷲ ---- ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް ފަސް މަސް ދުވަސް ނުވަނީ ވައްޓާލުމަށް ގޮވާލަމުންދިއުމަކީ ސަރުކާރުން ބަލައިގަންނާނެކަމެއް ނޫންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާޙަކަދައްކަވަމުން އަބްދުއްރަހީމްވަނީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން އެތައް ނޭދެވޭ އަމަލެއް ހިންގައި ޖެއްސުން ކުރުމުން ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، ވެރިކަމެއް ފެށިގެން ފަސް މަސް ދުވަސް ނުވަނީސް ވެރިކަން ވައްޓާލުމަށް ގޮވާލުން ބަލައިނުގަންނާނެކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގައުމު ބިނާކުރުމަށް ދިނުމަށް އެދިވަޑައިގަންނަވަނީ އެ ސަބަބާއި ގުޅިގެންކަމަށްވެސް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް ހޮއްވަވައިދެއްވަނީ ފުދުންތެރިކަން އިތުރުކޮށް މުޖުތަމައުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްކަމަށާއި ވޯޓު ދޭންވީ ހަމަޖެހުން ގާއިމުކުރުމަށާއި ތަރައްގީ ކަށަވަރުކުރުމަށްކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން މަޖިލިސް ހޯދުމަށް މަަސައްކަތްކުރަމުންދަނީ ރައީސް އަޒުލުކުރުމުގެ ގޮތުންކަމަށް ބުނަމުންދާކަމަށާއި އެހެންނަކަމުން ދެކޮޅު ޖައްސާނީ ކޮން ގޮތަކުންތޯ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، އިދިކޮޅަށް މެޖޯރިޓީ ދޭން ނުޖެހެނީ އިސްވެ ފާޙަގަކުރެއްވި ކަންކަމާއި ގުޅިގެންކަމަށެވެ.

އޭނާ ވިދާޅުވީ، ފުވައްމުލަކު 3 ގޮނޑި ޕީއެންސީއަށް ދެއްވާނެކަން ކަށަވަރުކުރައްވާކަމަށެވެ. އަދި ނުދޭންވީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފައްދަަވައި އޭނާ ވިދާޅުވީ، ރައީސް ގެންދަވަނީ ވެވަޑައިގެންނެވި ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްވަނޭކަން ތަކުރާރުކުރައްވަމުންކަމަށްވެސް އަލިއެޅުއްވިއެވެ.

އޭނާ ވިދާޅުވީ، ދެފަހަރު ދެގޮތަށް އެމަނިކުފާނު ވާހަކަ ނުދައްކަވާކަމަށާއި ކެމްޕެއިންގައި ދެއްކެވި ވާހަކަތައް އެމަނިކުފާނު މިހާރުވެސް ދައްކަވަނީ އެ ގޮތުގެ މަތިންކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނުވަނީ ވިދާޅުވެފައިވާ ވާހަކަތައް ކަށަވަރުކުރެއްވުމުގެ ގޮތުން ދެއްކެވި ހުރިހާ ވާހަކައެއް ފޮތެއްގައި ލިޔެ ޗާޕުކޮށްފައިކަމަށްވެސް ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: