ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް/ޕީއެންސީ 2023 ގައި ނުކުތީ ވަކި މީހެއްގެ ހައްގުގައެއް ނޫން: އަބްދުއްރަހީމް

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރު ޕީޕީއެމް ޕީއެންސީ އިން ނުކުތީ ދިވެހިރާއްޖެ ދިވެހިންގެ އަތުން ބީވަމުންދާކަމަށްވުމުން އަނބުރާ ހޯދުމަށްކަމަށާއި އެއީ ވަކި މީހެއްގެ ނަމުގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކެއް ނޫންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ކ. ގުރައިދޫއަށް ކުރެއްވި ދަތުރުގައި އެ ރަށުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި އަބްދުއްރަހީމްވަނީ އިދިކޮޅު ފަރަތްތަކަށް ފާޑުވިދާޅުވެފައެވެ. އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއިން ހަރަކާތްތެރިވީ ގައުމާއި ރައްޔިތުންގެ ހައްގުގައިކަމަށާއި އެއީ އަންނަނިވި ޖީލުތަކަށްޓަކައި ގައުމުގެ ކުރިއެރުމާއި އަމާންކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރި މަސައްކަތްތަކެއްކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގައި އޭރުގައި އޮތް އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައީ އެ މަގުސަތުތައް ހާސިލުކުރުމުގެ ބޭނުމުގައިކަމަށެވެ. އެހެންނަަވެސް އަދި ވެރިކަން ހާސިލުކުރެވުނުތާ ވީ 3 މަސް ދުވަސްކަމަށްވާއިރު ބަޔަކު މީހުން ސަރުކާރާއި ދެކޮޅަށް ނުކުމެ މަސައްކަތްތައް ފަށާފައިވާކަމަށް އަލިއެޅުއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ދައްކައި ފިތުނަފަސާދަ އުފެއްދުމަށްޓަކައި ބަޔަކު މަސައްކަތްތައް ފަށާފައިވާކަމަށެވެ. އެހެންނަމަވެސް ސިޔާސީ ވާނަ ސިޔާސީ ވުމަށް އިލްތިމާސްކުރައްވާކަމަށާއި ޒާތީ ވާނަަމަ ޒާތީވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ކަންކަމަކީ ޒާތީ ކަންކަން ނޫންކަމަށާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވުމަކީ މީހުންގެ ޒާތަށް އަރައިގަނެ އަބުރުކަތިލުން ނޫންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ އެއްވެސް އަސާސެއް ނެތް ގޮތެއްގެ މަތިން ރައީސްގެ އިސްތަށިފުޅުގައި އިލްޒާމްތައް އަޅުވަމުންދިއުން ނޫންކަމަށެވެ. އަދި އެކަން އެ މަގުން ކުރާ ނަމަ އެއީ ތަަސައްރަފު ނުފުދޭ ބައެއްކަމަށްވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ތަސައްރަފު ފުދި ބޮޑުވެފައި ތިބޭ މީހުން ހާއްސަ ގޮތެއްގައި ސިޔާސީ މީހުން އެހެން މީހުންގެ ޒާތަށް އަރައިނުގަންނާނެކަމަށާއި އަނބިދަރިންނާއި ބެހުން ފަދަ އަމަލުތައް ނުހިންގާނެކަމަށާއި އެއީ ދަށުދަރަޖައިގެ އަމަލުތަކެއްކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިން ހޭލާ ތިބުމަށް އެދޭކަަމަށާއި ދިވެހިރާއްޖެއަށް ހެޔޮ އެދޭ ބަޔަކު މީހުން، މީސް މީހުންގެ ޒާތާއި ބެހުން އަދި އަބުރަށް އަރައިގަތުން ފަދަ އަމަލުތައް ނުހިންގާނެކަމަށާއި އެފަދަ އަމަލުތައް ހިންގާނީ ކޮންމެވެސް އެހެން މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ގެއްލުން އެއްޗެއްގެ ބޮޑުކަމުން އެފަދަ ގޮތަކަށް އަމަލުކުރަމުންދާކަމަށް ދަންނަވަން ނެތްކަމަށެވެ. އެހެންނަމަވެސް ހިންގަމުންދާ އަމަލުތަކުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބެއް އޮންނާނެކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް ޕީއެންސީއިން ކުރިކަމެއް ކުރީ އަދި ނިންމި ނިންމުމެއްވެސް ނިންމީ މާދަމާގެ މުސްތަގުބަލަށް ވިސްނާފައި ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގައި ބާތިލު ދީންތަކަށް ފުރުސަތު ދިނުމަށް ބޭނުން ނުވާކަމަށާއި އެފަދަ ކަންކަމަށް ހިތް ގަބޫލުނުވާކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ޖަހައިގަނެގެން ގޮސް ރައްޔިތުން އަޅުވެތިކަމުގެ ތެރެއަށް ގެންދާއިރު އެކަމާއި ދެކޮޅަށް މަސައްކަތްނުކޮށްވެސް ތިބެވެން ނެތްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: