ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ބަޖެޓާއި ހަވާލު ނުވެ، ރެކެން އުޅޭ ސަބަބެއް ނުވިސްނޭ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަޕްލިމެންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު އެ ބަޖެޓާއި، ހަވާލުވާނެ ބަޔަކު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނަނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދުު (ބޮންޑެ) ވިދާލުވެއްޖެއެވެ.

ސަންގުގެ ޚަބަރަށްފަހު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ މިދިޔަ ސަރުކާރުން ބަޖެޓުގެ ކަންކަމާއި އެއްބަހެއް ނުވާ ކަމަށާއި، މިހާރު ވެސް ކުރީ ސަރުކާރުން ދަނީ ބަޖެޓަށް ފާޑު ކިޔަމުން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު މަޖީލީހަށް ވަޑައިގެން އިރުވެސް މަޖިލީހުގެ މޭޒުމަތީގައި ބަޖެޓް ފޮތް އޮތް ކަމަށާއި، ނަމަވެސް މިހާރު ބަޖެޓާއި ކައިރިނުވާން އުޅުނަސް އެކަން އެގޮތަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ބަޖެޓުގެ އަދަދުތަކަށް އެމްޑީޕީން އެއްބަސް ނުވުން ބަލައިނުގަނެވޭ ކަމަށެވެ.

މި އަހަރުގެ މުޅި ޖުމްލަ 42.8 ބިލިއަން ރުފިޔާއާއި ހަމައަށް ހަރަދުކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން  ފާސްކުރި ސަޕްލިމަންޓްރީ އެ ބަޖެޓް ފާސްވެފައި ވަނީ ވޯޓްގައި ބައިވެރިވި 69 މެމްބަރުންގެ ތެރެއިން 61 މެމްމެބަރުންގެ ވޯޓާއި އެކުގައެވެ.

ފާސްކުރެވުނު މި ބަޖެޓްގައި ތަރައްގީގެ މަޝްރޫއު ތަކަށް ހިމަނާފައިވަނީ ތިލަމާލެ ބްރިޖްގެ މަޝްރޫއަށް 924 މިލިއަން ރުފިޔާއެވެ. ފާސްކޮށްފައި އޮތީ 543.3 މިލިއަން ރުފިޔާ އެވެ. އާސަންދައަށް 906.7 މިލިއަން ރުފިޔާއެވެ. ފާސްކޮށްފައި އޮތީ 730.9 މިލިއަން ރުފިޔާއެވެ. އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް 80.4 މިލިއަން ރުފިޔާއެވެ. ފާސްކޮށްފައި އޮތީ 109.2 މިލިއަން ރުފިޔާއެވެ. ސިފްކޯ ހައުސިން މަޝްރޫއަށް 340.7 މިލިއަން ރުފިޔާއެވެ. ފާސްކޮށްފައި އޮތީ 50 މިލިއަން ރުފިޔާއެވެ. އަދި ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ފާސްކޮށްފައި އޮތީ 341.5 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ފެނަކައަށް ދޫކުރާ ކަރަންޓުގެ ސަބްސިޑީއަށް 439.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ފާސްކޮށްފައި އޮތީ 477 މިލިއަން ރުފިޔާއެވެ. ސަރުކާރު ކުންފުނިތަކަށް ދިނުމަށް 1.1 ބިލިއަން ރުފިޔާ ކަނޑައެޅިއެވެ. ނަމަވެސް ފާސްކޮށްފައި އޮތީ 868.7 މިލިއަން ރުފިޔާއެވެ.

ބަޖެޓް ކަނޑައެޅުމުގެ މަޝްވަރާގައި ބައެއް މެމްބަރުން ވަނީ ބަޖެޓުގެ އަދަދު ބޮޑުވުމުން ކަންބޮޑުވުންވެސް ފާޅު ކޮށްފައެވެ. އެގޮތުން ބޮޑު އަދަދެއް ބޭރު ގައުމުތަކަށް ބަރޯސާ ކުރުމަކީ އިޤްތިޞާދީ ގޮތުން މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެއް ކަމަށްވެސް އެ މެމްބަރުން ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް، ދައުލަތުގެ ބަޖެޓު ބޭރު ގައުމުތަކަށް ބަރޯސާކޮށްފައި އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށްވެސް މެމްބަރު ފާހަގަކޮށްފައި ވެއެވެ.

ކުރީގެ މިނިސްޓަރު އިބްރާހީމް އަމީރުވެސް މަޖީލީހަށް ހާޒިރުވެ ވާހަކަފުޅު ދައްކަވާ އޭރު ވިދާޅުވީ 2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓު ފައިނޭންސް ކުރާނީ ލިބޭ އާމްދަނީ އާއި ދަރަނިންކަމަށެވެ. ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން، އޭރު އަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅަން ޖެހުނީ 2023 ވަނަ އަހަރުގެ ހަރަދުތައް ހުރި ގޮތާއި އޮފީސްތަކުން ކޮށްފައިވާ ބަޖެޓަރީ ރިކުއެސްޓުތަކަށް ރިއާޔަތްކޮށް 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެކަމަށް ބެލެވޭތީ ކަމަށެވެ.

މި ކަމާއި ގުޅިގެގެން އިބްރާހީމް ރަޝީދު ވިދާޅުވީ ކުރީ ސަރުކާރާއި ގުޅިގެން މި ބަޖެޓް ހަދާފައިވާއިރު، މި ކަމާއި އެއްބަަސް ނުވާންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އެކަމަކު ފާޑު ކިޔަނީވެސް އެބަޖެޓް ހުށައަޅާ ފާސް ކުރުމަށް ފަހުގައި ކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: